ads
އިމިގްރޭޝަނުން އިއްޔެ ހިންގި އޮޕަރޭޝަންގައި ބިދޭސީއަކާ ސުވާލުކުރަނީ
ބޮޑު އޮޕަރޭޝަން، 273 ބިދޭސީއަކާއި 120 ދިވެހިންނަށް ނޯޓިސް
އިމިގްރޭޝަނުން އިއްޔެ ހިނގި ބޮޑު އޮޕަރޭޝަންގައި ވިސާ ފުރިހަމަ ނޫން 273 ބިދޭސީއަކަށް ނޯޓިސް ދީފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
Advertisement

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިއްޔެ އިމިގްރޭޝަނުން ހިނގި އޮޕަރޭޝަންގައި އިދާރާގައި 211 އޮފިސަރުން މާލޭގެ މަގުތަކަށް ވަނީ ނުކުމެފައެވެ. މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގެ 26 ޒޯނެއް ބަލައި ވަނީ ފާސްކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެ ހިންގި ބޮޑު އޮޕަރޭޝަންގައި، ވިސާ ފުރިހަމަ ނުކޮށް ރާއްޖޭގައި އުޅުނު 273 މީހުން އަތުލައިގެންކަމަށެވެ. އަދި އެ އެންމެނަށް ނޯޓިސް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. މީގެއިތުރުން ފިލައިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވާ 10 ބިދޭސީއަކުވެސް ފެނިފައިވާކަމަށާއި އެމީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

your imageއިއްޔެ ހިންގި އޮޕަރޭޝަންގައި އިމިގްރޭޝަން އޮފިސަރުން މާލޭގެ ފިހާރައެއް ބަލަނީ 

ބިދޭސީންގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ދިވެހިންްވެސް އިއްޔެގެ އޮޕަރޭޝަނުން ފާހަގަވިކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެގޮތުން  ގަވާއިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތް ކުރުވި 120 ދިވެހިންނަށް ލިޔުމުން ނަސޭހަތް ދީފައިވާކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

މި ސަރުކާރުން ހަވާލުވި ފަހުން، މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް 3،322 ބިދޭސީން ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާތަނަށް 257 ތަނެއް ރެއިޑުކޮށްފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް