ads
އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު އުރްދުޣާންއަށް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު އުރްދުޣާންއަށް އަރުވައިފި
ރާއްޖެ ތުރުކީއަށް ކަނޑައަޅަޅާފައި ހުންނަވާ ސަފީރު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓު ޖެނެރަލް، ރިޓަޔާޑް، އަބްދުއްރަހީމް އަބްދުއްލަތީފް ސަފީރުކަމުގެ ފަތްކޮޅު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާން އަށް މިއަދު އަރުވައިފިއެވެ.
Advertisement

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސް އުރްދުޣާން އަށް ތަހުނިޔާ އަބްދުއްރަހީމް އަރިސްކުރެއްވިކަމަށެވެ.

އަދި އެކި ދާއިރާތަކުން ރާއްޖޭއާ ތުރުކިޔޭ އާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް އުރްދުޣާން އަށް އެރުވިކަމަށްވެސް ފޮރިން މިނިސްްޓްރީން ބުނެއެވެ.

މި  ބައްދަލުވުމުގައި ރާއްޖެ އާއި ތުރުކީ އާ ދެމެދު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތުގައި ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އުރުދުޣާން ދެއްވިކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.  

your imageއަބްދުއްރަހީމް ސަފީރުކަމުގެ ފަތްކޮޅު އުރްދުޣާންއަށް އެރުވުމުގެ ރަސްމިއްޔާތުގެ ތެރެއިން 

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނަވާ ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް، ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިދިޔަ އޭޕްރިލް މަހުގެ 18 ވަނަދުވަހުއެވެ. އޭނާ އުމުރުން 60 އަހަރުގައި ސިފައިންގެ ހިދުމަތުން ރިޓަޔާކޮށްފައިވަނީ 39 އަހަރުގެ ހިދުމަތަށްފަހުއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް