ads
ރައީސް ޑރ. މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރިސޯޓުތަކުގެ މުއްދަތު އިތުރުކުރުމުގެ ފީ 5 މިލިއަން ޑޮލަރަށް ކުޑަކޮށްފި
ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ކުރިން ދައްކަން ޖެހޭ އަގަށް ވުރެ ދެ ގުނަ ކުޑަ ވާނެ ގޮތަށް ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހު، ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލަކީ މިމަހުގެ 19 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 27 ޑިސެމްބަރު 2020ގައި ގެނައި އިސްލާހާ އެކު ކުޑަ ކުލި ދައްކައިގެން މުއްދަތު އިތުރު ކުރެވޭ ގޮތަށް ހެދި އެވެ.

ޓޫރިޒަމް ގާނޫނުުގައިވާ ގޮތުން، ރިސޯޓު ނުވަތަ އިންޓަގްރޭޓަޑް ރިސޯޓު ހަދަން ރަށް ނުވަތަ ބިން ކުއްޔަށް ދޫކުރެވެނީ ގިނަވެގެން 50 އަހަރަށެވެ. އަދި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަަމަ، އެ މުއްދަތު 49 އަހަރަށް އަނެއްކާ ވެސް އިތުރު ކުރެވެ އެވެ.

ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 5،000،000 ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށް އޮތް މާއްދާއަށް ވެސް ވަނީ އިސްލާހު ގެނެސްފަ އެވެ. އެގޮތުން ހަ މަސް ތެރޭގައި ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދެއްކުމަށާއި އޭގެ ފަހުން ދައްކާނަމަ މުއްދަތު އިތުރު ކުރުމުގެ ފީއެއްގެ ގޮތުގައި 10 މިލިއަން ޑޮލަރު އެއްފަހަރާ ދައްކާ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް 13 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް މިއަދު ތަސްދީގުކުރެއްވުމާ ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފަ އެވެ. މި ގާނޫނަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ގާނޫނު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.

އެހެން ކަމުން އަންނަ އަހަރުގެ ފެބްރުއަރީ 29ގެ ނިޔަލަށް ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމަށް ހުށަހަޅާ ހުށެހެޅުންތަކަށް މި ލުއިތައް ލިބޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް