ސްޕެއިންގެ ރިއާލް މެޑްރިޑަށް މިހާރު ކުޅެމުން އަންނަ އެމްބާޕޭގެ އެކްސް އެކައުންޓް ހެކްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެކައުންޓް ހެކް ކުރުމަށް ފަހު އެންމެ ކުރިން ޕްރޮމޯޓް ކުރީ ކްރިޕްޓޯ ކަރަންސީއެވެ. އޭގެ ފަހުން މެންޗެސްޓާ ޔުނައިޓެޑުގެ ޓްރާންސްފާ ވާހަކައާއި ކްރިސްޓިއާނޯ ރޮނާލްޑޯއާއި މެސީގެ ވާދަވެރިކަމާ ގުޅޭ ވާހަކަތައް ޕޯސްޓް ކުރިއެވެ. އެކަމަކު މިހާރު މި ޕޯސްޓްތައްވަނީ ޑިލީޓްކޮށްފައެވެ.
މިހާރު ޑިލީޓްކޮށްފައިވާ އެއް ޕޯސްޓްގައި ރޮނާލްޑޯއަކީ ދުނިޔޭގެ ތާރީހުގައިވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ލިޔެ އަދި މެސީއަށް ޖޯކު ޖަހާފައިވެއެވެ.
އެމްބާޕޭގެ އެކްސްއަކީ 14 މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރާ އެކައުންޓެކެވެ.