މި މަސައްކަތް އެ ކުދިންނާއި ހަވާލުކުރާނެކަން އިއުލާންކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ އިބްރާހިމް ފަޒުލް ރަޝީދުއެވެ.
ވިލާ ކޮލެޖުގެ ފުރަތަމަ އިންޓީރިއާ އާކިޓެކްޗާ މައުރަޒު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ފަޒުލް ވިދާޅުވީ މަޝްރޫއުގައި ވިލާ ކޮލެޖުގެ ދަރިވަރުންނަށް އަމަލީ ގޮތުން ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އިންޓީރިއާ އާކިޓެކްޗާއާ ހިސާބަށް ދިޔުމުން ދޭނެ ކަމަށެވެ.
ވިލާ ކޮލެޖުން އިންތިޒާމުކުރި އިންޓީރިއާ ޑިޒައިން މައުރަޒުގައި އެ ކޮލެޖްގެ ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއިން ހިންގާ އިންޓީރިއާ އާކިޓެކްޗާ ޑިގްރީ ޕްރޮގްރާމުގެ ދަރިވަރުންގެ 30 ޕްރޮޖެކްޓެއް ދައްކާލާފައިވެއެވެ. އޭގެތެރޭގައި އެ ކޮލެޖްގެ ފުރަތަމަ އަހަރު ކިޔަޗަމުދާ ދަރިވަރުންނާއި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ހުށައެޅުންތައް ހިމެނެއެވެ.