ފައިނަލްގައި މުންސިފް ވަނީ ސްރީލަންކާގެ ރަސިކާ މަނޯޖް އަތުން 4-3 އިން މޮޅުވެފަ އެވެ. އަންހެން ޑިވިޝަން ފައިނަލުގައި ދީމާ ވަނީ، 4-0 އިން ރަފާގެ މައްޗަށް ކުރިހޯދައިފަ އެވެ.
ދީމާ ވަނީ މި ފަހަރުގެ މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަމާއި 19 އަހަރުން ދަށުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން، އަހްޔާރު އަހުމަދު ހާލިދުއާ އެއް ޕެއާ އަކަށް ކުޅެގެން ހޯދައިފަ އެވެ. ދީމާ އާއި އަހްޔާރު އަށް ޑިވިޝަން އެކެއްގެ މިކްސް ޑަބަލްސް އިން ލިބުނީ ރަނަރަޕް އެވެ.
މުންސިފް ވަނީ، ފިރިހެން ސިންގަލްސްގެ އިތުރުން، ޑިވިޝަން އެކެއްގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން، އަލީ އާދަމް މަނިކް (އަލިބެ)އާ އެއް ޕެއާ އަކަށް ކުޅެގެން ހޯދައިފަ އެވެ. އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ލިބުނީ މުންސިފް އާއި ރަފާގެ ޕެއާ އަށެވެ.