ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ މ. އަސަރީ ހަނދާން، އުމުރުން 43 އަހަރުގެ ތަސްލީމް މުހައްމަދުކަމަށެވެ.
އޭނާ ގެއްލިގެން ހޯދަނީ އިއްޔެ ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ގޮސް ހަބަރެއް ނުވެގެންކަމަށެވެ.
އޭނާ އާ އެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނީ އެންމެ ފަހުން ތަސްލީމް ފެނިފައި ވަނީ އިއްޔެގެ ހެނދުނު 10-11 އާ ދެމެދު ކަމަށެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި މިދިޔަ ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާ ނަމަ އެކަން ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނަށް އެންގުމަށް ފުލުހުން އެދެ އެވެ.