ads
ކޮފީ
ކޮފީ ފުތަރަމަ ފަހަރަށް ފެނި، އެ ދުނިޔެއަށް އާންމުވިގޮތުގެ ވާހަކަ އެނގޭތަ؟
މީލާދީން 850 ވަނަ އަހަރު އިތިއޮޕިއާގެ ވަލުތެރޭ ގަސްގިނަ ސަރަހައްދެއްގައި ކަލްޑީ ނަމަަށް ކިޔުނު ބަކަރި ހުއިހައްޕާ މީހޭއް އޭނާގެ ބަކަރިތައް މުޅި ސަރަހައްދުގައި ދުވެ، އެންބުރި އެއެއްޗެހި ދެއްކި މަސްތުވެފައި ހުރިފަދަ އާދަޔާ ހިލާފު ނިޝާންތަކުގެ ސަބަބުން އޭނާ ހުންނަންޖެހުނީ މުޅި ރޭ ހޭލާ ކަންބޮޑުމެއްގެ ތެރޭގަ އެވެ.
Advertisement

އޭނާއަށް ބަކަރީގެ މި އާދަޔާ ހިލާފު އުޅުން ފާހަގަވެ ޖެހިގެން އައި ދުވަހު ހަލްޑީ މަޑުޖެހުމެއްނެތި އެ އެއްޗެހި ބަލަަހައްޓައިގެން ހުރީ ބަކަރިތައް އެފަދައިން އުޅެނީ ކީއްވެތޯ ބެލުމަށެވެ.

ބަކަރިތައް ފަހަތުން އެއެއްޗެހި ދާ ދިމާލަށް ދަތުރުކޮށް، ވަކިހިސާބަކުން ބަކަރިތައް ހުއްޓި ކަލްޑީއަށް ފެނުނީ އެއެއްޗެހި ކުދި ގަސްތަކަކުން ރަތް ކުލައިގެ ބެރީތަކެއް ކެއުމަށްފަހު މޮޔަ ގޮތަކަށް ވަށައިގެން އެނބުރެ ދުއްވައިގަންނަ މަންޒަރެވެ.

ވަރަށް ޖެހިލުންވެ ހުރެ އޭގެން ގަހަކުން ހަލްޑީ އަމިއްލައަށް ބެރީސް ކޮޅެއް ރަހަބަލާލި އެވެ. އެކެއުމުން ހަލްޑީ އަށް އެއިރު ކުރިމަތިވި އިހުސާސްތަކަކީ އަހަރެމެންނަނަށްވެސް ބީރަށްޓެހި އިހުސާސް ތަކަކަށް ނުވާނެ އެވެ.

your imageފޮޓޯ: ރީސާޗް ގޭޓް.ނެޓް

އެ ބެރީސް އިން އޭނާއަށް ހަކަތަ ލިބި، އޭނާގެ ހިތުގެ ވިންދު އަވަސްވެ، ލޭ ނާރުތަކުގެ ހިނގުން ފުރިހަމަވެގެން ދިޔަ ކަހަލަ އެވެ. ތާރީހުގެ ލިޔެކިޔުންތައް  ބުނާ ގޮތުން މިއީ ކޮފީ ތައާރަފްވެގެން ދިޔަގޮތްކަމަށް ގަބޫލުކުރެވެ އެވެ. 

ހަލްޑީގެ މި ހޯދުން ލޯކަލް މޮނާސްޓަރީއާ ހިއްސާކޮށް، އެކި މަރުހަލާތަކުގައި ބެރީތައް ޓެސްޓުކުރުމަށްފަހު އެފަރާތުން އެއްބަސްވީ ބެރީތައް ނުވަތަ ބީންތައް ރޯސްޓްކުރުމަށްފަހު ފެނުން ޑައިލިއުޓް ކުރުމަށެވެ. އެއީ ތާޒާ މީރު ކޮފީ ފޮދެއް އުފެދުނު ހިސާބުކަމަށް ތާރީހު ބުނެ އެވެ.

އެފްރިކާއިން ކޮފީ ވަރަށް އަވަހަށް އަރަބި ކަނޑުގެ ސަރަހައްދުގައި ފެތުރިގެން ދިޔަ އެވެ. އެއަށްފަހު 14 ވަނަ ގަރުނުގައި ކޮފީ އިންދުން ޔަމަނުގައި ފެށިގެންއަ އެވެ. އަދި ޔަމަނުން ކޮންސްޓަންޓިނޯޕަލް، މިހާރުގެ އިސްތަންބޫލަށް ކޮފީ ގެނެސް، 1555 ވަނަ އަހަރު ސުލްތާން ސުލައިމާން ދަ މެގްނިފިސެންޓްގެ ދަރުބާރުގައި ކޮފީ ވަރަށް ބޮޑަށް މަގުބޫލުވި އެވެ.

your imageތުރުކީ ކޮފީ ފޮޓޯ: ނޮރިޝް އެޑް ބައި އަޝާ.ކޮމް

1600 ގެ އަހަރުތަކުގައި މުޅި ޔޫރަޕުގައި ކޮފީ ވަރަށް ހަލުވިކަމާއެކު ފެތުރުނުއިރު ކޮންމެ ސިޓީއެއްގައި ކޮފީ ހައުސްތައް ގާއިމްކުރެވެން ފެށިގެން ދިޔަ އެވެ. އަދި އެއިރު ލަންޑަނުގައި ކޮފީ ހައުސްތަކަށް "ޕެނީ ޔުނިވަރސިޓީސް" ގެ ނަން ދެވުނެވެ. އެ ނަން ދިނީ އެ ކޮފީ ހައުސްތަަކަށް ވަނުމަށް ކުޑަ ފައިސާ ފޮއްޗެއް ދައްކާ ހަމައެކަނި ކޮފީގެ އިތުރުން އެހެން ގިނަ ކަންތައްތައް އެތަނަށް ވަންނަ މީހުންނަށް ދަސްވެގެންދާތީ އެވެ. އެގޮތުން އެ ކޮފީ ހައުސްތަކަށް ވަކީލުންނާއި، އިލްމުވެރިންނާއި، ލިޔުންތެރިންނާއި، ޅެންވެރިންނާއި، ސިޔާސީ ބޭފުޅުން އެތަނަށް އެއްވެ ފިކުރީ ވާހަކަ ދައްކަން ތިބެ އެވެ.

އޭގެ އިތުރުން ކޮފީ އުތުރު އެމެރިކާއަށް ފޯރާފައިވަނީ 1668 ވަނަ އަހަރު ކަމަށްވާއިރު 1696 ވަނަ އަހަރު ނިއުޔޯކުގައި "ދަ ކިންގްސް އާމްސް" ގެ ނަމުން އެތަނަށް ނަންދީ ފުރަތަމަ ކޮފީ ޝޮޕް ހުޅުވިގެން ދިޔަ އެވެ.

މި ހިސާބުން ކޮފީ މިވަނީ ކަލްޑީއަށް އޭނާއަށް ކޮފީ ހޯދުން ދުވަހު ވެސް ތަސައްވަރު ނުކުރެވޭ ހިސާބަށް އައިސް މުޅި ދުނިޔެއަށް ކޮފީ މަޝްހޫރުވެފަ އެވެ. މިއަދާ ހަމައަށް އާއިރު ދުނިޔޭގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 400 ބިލިއަން ކޮފީ ތަށި ބޭނުންކުރާކަމަށް ދިރާސާތަކުން ދައްކަ އެވެ.

your imageފޮޮޓޯ: ޕިން އިންޓްރެސްޓް

މަގެއްގައި ހިނގާފައި ގޮސް ކޮފީ ޝޮޕަކާ ދިމާނުވުމަކީ މަދުން ނޫނީ ނުވާކަމަކަށްވާއިރު ވާއިރު ކޮފީ އިންޑަސްޓްރީ ފުޅާވެ، މިހާރު އަންނަނީ ދުވަހެއް ދުވަހަކަށް ކޮފީގެ ޑިމާންޑް ބޮޑުވެ ކޮފީގެ ގިނަ ބާވަތްތައް ބާޒާރަށް ނެރެމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް