ads
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: އެސްއީޒެޑް ގާނޫނުގެ ދަށުން ހިންގާ ފުރަތަމަ މަޝްރޫއެއްގެ ގޮތުގައި ހުއްދަ ދިން ފްލޯޓިން ސޯލާ ޕެނަލްތަކުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނޮވެމްބަރު މަހު ފަށާނެ ކަމަށް ވިދާޅުވި
ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅައިފި
ފައިސާގެ މުއާމަލާތް ކުރުމަށް ދުނިޔޭގައި މަޝްހޫރު ޕޭމަންޓް ސިސްޓަމް "ޕޭޕަލް" ރާއްޖެއަށް ތައާރަފު ކުރުމަށް ދިވެހި ސަރުކާރުގެ ޕްރޮޕޯޒަލް އެ ކުންފުންޏަށް ހުށަހަޅައިފި އެވެ.
Advertisement

ޓީވީއެމްގެ "ރާއްޖެ މިއަދު" ގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދިވެހި ސަރުކާރުގެ "ފުލް ޕްރޮޕޯޒަލް" ޕޭޕަލް އަށް ފޮނުވީ މީގެ ތިން ދުވަސް ކުރިން ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ޕޭޕަލްއާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ސީދާ އަޅުގަނޑު ނެތިން ދަންނަވާކަށް މިވެނި ދުވަހަކުއޭ ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެއްޓޭނީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ޕޭޕަލް ރާއްޖެ އަށް ގެނެވޭނެ،" ސައީދު ވިދާޅުވި އެވެ.


ޕޭޕަލްގެ އެކްސެސް ރާއްޖެ އަށް ހޯދުމަށް ހުރި ދަތިތައް ހައްލުކުރުމަށް މިނިސްޓަރު ސައީދު މިދިޔަ މަހުގެ 22 ގައި ވަނީ އެ ކުންފުނީގެ އިސް ވެރިންނާ އޮންލައިންކޮށް މަޝްވަރާ ކުރައްވައިފަ އެވެ. އެ މަޝްވަރާތައް ދިވެހި ސަރުކާރުން ކުރިއަށް ގެންދިޔައީ އެ ކުންފުނީގެ ގްލޯބަލް މާކެޓިންގެ ރައީސާ އެކު އެވެ.

ރާއްޖެ އަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް ގެނައުމަށްޓަކައި މި ސަރުކާރު އައި ފަހުން ވަނީ އެމެރިކާގެ ސަރުކާރާއި ކަމާ ގުޅޭ އެކި ފަރާތްތަކާ އެކު މަޝްވަރާތައް ކޮށްފަ އެވެ.

ރާއްޖޭގައި ޕޭޕަލް މެދުވެރިކޮށް މިވަގުތު ފައިސާ ފޮނުވޭ ގޮތް ހަމަޖެހިފައިވީ ނަމަވެސް ޕޭޕަލް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތެއް އަދި ހަމަޖެހިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް