މި ދިދަ ކަނޑާ އެއްލާމުން އެމްޑީޕީގެ ރައީސްް އަބްދުﷲ ޝާހިދު ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައުި ވިދާޅުވީ ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ނެގި ބޮޑުދިދަ، ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ރޭގެ ވަގުތެއްގައި ދިދައަށް ގެއްލުންދީ މޫދަށް އެއްލާލުން ކުށްވެރިކުރާކަމަށެވެ. އަދި ގައުމީ ސިޔާސީ ވެށީގައި އިދިކޮޅު ޕާޓީއަށްޖާގަ ލިބެންޖެހޭކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީން ނެގި ދިދަ ކަނޑާ އެއްލާފައި
ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ބޮޑު ދިދައެއް ނެގީ ރޭގެ ވަގުތެއްގައެވެ. މިދ ިދަ ނަގާ އެއްލާލުމުން އެ މައްސަލަ ބަލާ އެކަން ކުރި ބަޔަކަށް ފިޔަވަޅު އަޅާދިނުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.