ads
ސީއެޗްއެސްސީ އަލުން ހުޅުވާ ކިޔަވާދޭން ފަށައިފި
މާލޭގައި ސީއެޗްއެސްސީ ހުޅުވާ ކިޔަވާންދޭން ފަށައިފި
ކުރީގެ ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތުގައި އަލުން އޭލަވެލަށް ކިޔަވާދޭން ފަށައިފިއެވެ.
Advertisement

މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ (ސީއެޗްއެސްއީ) ހުޅުމާލެއަށް ބަދަލުކޮށް ކިޔަވާދޭން ފެށީ މިދިޔަ ސަރުކާރުންނެވެ. އޭރު ސީއެޗްއެސްސީ ހުޅުމާލެއަށްް ބަދަލުކުރީ ސީއެޗްއެސްސީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެސްކޫލު މިހާރު ހުރި އިމާރާތުގައި އަށް ބުރީގެ އިމާރާތެއް އެޅުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. 

ސީއެޗްއެސްސީގެ ކިޔެވުން ފެށުން ފާހަގަކުރައްވާ ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މާލޭ ސީއެޗްއެސްސީ ސްކޫލު ވެގެންދާނީ ފުރަމާލޭގައި ހުރި މަތީ ސާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު ތަނަށް ކަމަށެވެ. އަދި އެތަން ވެގެންދާނީ ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުނގެނުމުގެ މާހައުލު ތަނަވަސް ސްކޫލެއްކަމަށްވެސް ވަޒީރު ޝަފީއު ވިދާޅުވިއެވެ. 

 

your imageސީއެޗްއެސްސީ އަލުން ހުޅުވާ ކިޔަވާދޭން ފަށައިފި 

މާލޭއާއި ހުޅުމާލޭގައި ސީއެޗްއެސްސީ ހުޅުވާ ކިޔަވާދޭން ފެށުމުން އަމިއްލަ ސްކޫލްތަކަށް އޭލެވެލް ކިޔަވާ ދަރިވަރުންނަށް ދެން ދައުލަތުން ފީ ދައްކަނީ ސަރުކާރު ސްކޫލަކުން ޖާގަ ނުލިބިގެން މިނިސްޓްރީން ފޮނުވާ ދަރިވަރުންނަށްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ ވިދަޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ މާލެ ސަރަހައްދުގެ ސަރުކާރުގެ 2 ސްކޫލެއްގައި މިއަހަރު އޭލެވެލް އަށް ކިޔެވުމަށް ފުރުސަތު ލިބިގެން ދާނެކަމަށެވެ. ސީ.އެޗް.އެސް.އީ-މާލެ އަދި ސީ.އެޗް.އެސް.އީ-ހުޅުމާލެކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަފިއު ވިދާޅުވީ އަމިއްލަ ސްކޫލްތަކުން އޭލެވެލް ކިޔަވާކުދިންނަށް ދެން ސަރުކާރުން ފީ ދައްކާނީ މިނިސްޓްރީގެ ފަރާތުން އަމިއްލަ ސްކޫލަށް ފޮނުވާ ދަރިވަރުންނަށް އެކަނިކަމަށެވެ. 
މި ބަދަލު އައި ނަމަވެސް މިނިސްޓަރު ވިދާޅުވީ އަމިއްލަ ސްކޫލެއްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މިހާރު ފީ ލިބެމުންދާ ދަރިވަރުންނަށް އެ ދަރިވަރުން ގްރޭޑް 12 ނިމެންދެން  މިނިސްޓްރީގެ ފަރާތުން ފީ ދައްކަމުންގެންދާނެކަމަށެވެ. އަދި މާލޭގެ ކޮމިޔުނިޓީ ސްކޫލް (އަވަށު ސްކޫލް) ތަކަށް މިހާރުވެސް ފީ ލިބެމުންދާ އުސޫލުން ފީ  ލިބޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ

ސީއެޗްއެސްސީގެ އިތުރުން ވިލާ ހައި ސްކޫލުންނާއި އަހްމަދިއްޔާ އިންޓާނޭޝަނަލް ސްކޫލުން ގިނަ އަދަދެއްގެ ކުދިން އަންނަނީ އޭލަވެލަށް ކިޔަވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް