ads
އޭރު ގޮވީ އިންޑިއާ މީހުން ގެންނަނީއޭ، ނިންމުމަށް މަރުހަބާ: ފައްޔާޒު
"އިންވެސްޓާ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން" މި ސަރުކާރުން މިއަދު އިއުލާންކުރިނަމަވެސް އެކަމުގެ ހުރިހާ މަސައްކަތެއް އެމްޑީޕީ ސަރުކާރުގައި ނިންމާފައިވާކަމަށް އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖޭގައި ބޮޑެތި އަދަދުން އިންވެސްޓްކުރާ އިންވެސްޓަރުންނަށް މި ގައުމުން ބޯހިޔާވަހިކަން ހަމަޖައްސައިދޭ ޕްރޮގްރާމެއް "އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން" ވަޒީރުންގެ މަޖިލީހުން ނިންމިކަން ސަރުކާރުން މިއަދު ވަނީ އިއުލާންކޮށްފައެވެ. 

އެ ނިންމުން ސަރުކާރުން ހާމަކުރުމުން މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އަދި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ ރައީސް މުއިއްޒު އައު މަސައްކަތެއްގެ ގޮތުގައި "އިންވެސްޓަރ ރެސިޑެންސީ ޕްރޮގްރާމެއް ތައާރަފްކުރަން" ވިދާޅުވި ނަމަވެސް އެ މަސައްކަތަކީ އެމްޑީޕީ ސަރުކާރުން 2020 ގައި އިމިގްރޭޝަން ގާނޫނު އިސްލާހުކޮށް " ކޯޕަރޭޓް ރެސިޑެންސީ ވިސާ" ގެ ނަމުގައި މުޅިން ނިންމާފަ އޮތް މަސައްކަތެއްކަމަށެވެ. އަދި ގާނުނެއް ނެތްތަނަމަވެެސް ރައީސް ޔާމީނުގެ ސަރުކާރުންވެސް މިފަދަ ހިދުމަތެއް ފޯރުކޮށްދީފައިވާކަން ފައްޔާޒު ފާހަގަކުރެއްވިއެވެ. 

" ކޯޕަރޭޓް ރެސިޑެންސީ ވިސާ އަކީ އިންވެސްޓަރުން ރާއްޖޭގައި ދިގު މުއްދަތުގައި ތިބުމަށް ހިތްވަރު ދިނުމަށް އެމްޑީޕީ ސަރުކާރުން ތައާރަފްކުރި އައު ވިސާއެއް. އިންވެސްޓަރުން ރާއްޖޭގައި ގިނަ ދުވަހު ތިބުމަކީ ރާއްޖޭގައި އިތުރު އިންވެސްޓްމަންޓް ކުރުމަށް ހުޅުވޭ އައު ދޮރެއް. އެމްޑީޕީ ސަރުކާރުން ކޮށްފަހުރި މަސައްކަތްތައް އެއީ ރައީސް މުއިއްޒުގެ މަސައްކަތްތައް ކަމަށް ދައްކަމުން ދިއުމަކީ އައު ކަމެއްނޫން." ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މި މަސައްކަތް މިދިޔަ ސަރުކާރުން ކުރަން ފެށުމުން ގައުމު ވިއްކާލަނީކަމަށް ބުނެ އޭރު އިދިކޮޅުގައި އޮތް ޕީއެންސީ ގައުމު ވިއްކާލަނީކަމަށް ބުނެ އަޑު ފަތުރާފައިވާކަމަށެވެ. އަދި އޭރުގެ ނިންމުން ބަދަލުކޮށް މިކަން ކުރިޔަށް ގެންދިޔުމުން ފައްޔާޒު ވަނީ ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެފައެވެ. 

" އިމިގްރޭޝަން ގާނޫނަށް އޭރު އެ ބަދަލު ގެންނަން ހުށަހެޅުމުން ޕީއެންސީން ގޮވަމުން ދިޔައީ ގައުމު ވިއްކާލަނިއްޔޭ، އިންޑިއާ މީހުން މިތާގައި ވަޒަންވެރި ކުރުވަން އުޅެނީއޭ. މި ކަން ހުއްޓާނުލައްވާ ކުރިއަށް ގެންދަވަން ނިންމެވުން އެއީ ހެޔޮފާލެއް އަދި އެކަމަށް ރައީސް މުއިއްޒަށް މަރުހަބާ ދަންނަވަން." ފައްޔާޒު ވިދާޅުވިއެވެ.

އިންވެސްޓާ ރެޒިޑެންސީ ޕްރޮގުރާމުތަކަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ހިންގަމުންދާ ޕްރޮގުރާމުތަކެކެވެ. އެގޮތުން ޔޫރަޕުގެ ގިނަ ގަައުމުތަކާއި އޭޝިޔާގެ ތަރައްގީވެފައިވާ ގައުމުތަކުގައި މި ޕްރޮގުރާމު އަންނަނީ ތަންފީޒުކުރަމުންނެވެ. އޭގެ ތެރޭގައި މޮލްޓާއާއި މޮނާކޯއާއި ހޮންކޮންގު ފަދަ ކުދި ގައުމުތައްވެސް ހިމެނެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް