ކިންގްސް ކަޕް ވެމްކޯއަށް
ސްޕޯޓްސް ޓީމް
02 ސެޕްޓެމްބަރ 2024 - 08:11:35
ރާއްޖޭގެ އެންމެ ދުވަސްވީ، އަދި އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ މުބާރާތްތައް ފެށުމުގެ ގޮތުން ކުޅުނު ކްލަބް މޯލްޑިވްސް ކިންގްސް ކަޕްގެ އެގްޒިބިޝަން މެޗު ވެމްކޯއިން ކާމިޔާބުކޮށްފިއެވެ.
ކިންގްސް ކަޕަކީ، ރިސޯޓް ސުޕަ ލީގު ޗެމްޕިއަން އަދި އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވުނު މެޗެކެވެ. ވެމްކޯއާ ދެކޮޅަށް މި މެޗުގައި ކުޅުނީ ޖޯލި މޯލްޑިވްސްއެވެ. މި މެޗުން ވެމްކޯ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.
ކުލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. އެންމެ ފުރަތަމަ ފަށާނީ ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެވެ. ކްލަބް މޯލްޑިވްސް މުބާރާތްތަކުގައި މި ފަހަރު، 67 ޓީމު ވަނީ ބައިވެރިވެފަ އެވެ.
ކުލަބް މޯލްޑިވްސްގެ މިއަހަރުގެ މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސެއިން ލަތީފް (ސެމްބެ) އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް