ކޯޓް އަމުރެއްގެ ދަށުން ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އިއްޔެއެވެ. އެހެންނަމަވެސް ޝަރީފްގެ ޕާސްޕޯޓް ހިފެހެއްޓޯ ކޮން މައްސަލައަކާ ގުޅިގެންކަމެއް އޭސީސީއަކުން އަދި ހާމައެއް ނުކުރެއެވެ.
ސްޓެލްކޯ އަށް ހަތް މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ސެޓުލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރެއްވި މައްސަލައެއް އޭސީސީ އަންނަނީ ބަލަމުންނެވެ.
ޝަރީފު އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ ޑިރެކްޓަރުންނަށް އޮޅުވާލައިގެން ކަމަށް ގަބޫލު ކުރެވޭތީ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އޭސީސީއަށް ހުށައެޅި ސްޓެލްކޯ މީހާރުގެ މެނޭޖްމަންޓުންނެވެ.
ކޮވިޑްގެ ދުވަސްވަރު ސްޓެލްކޯއިން ދިން މި ބަދަލުގެ މައްސަލަ ރައްޔިތުން މަޖިލީހުން މިނިވަން މުވައްސަސާތަކުގެ ކޮމެޓީންވެސް އަންނަނީ ބަލަމުންނެވެ.
މި ސެޓްލްމަންޓް އެއްބަސްވުމުގައި ޝަރީފު ސޮއި ކުރައްވާފައިވަނީ ޕްރައިވެޓައިޒޭޝަން ބޯޑުގެ އެންގުމާ ހިލާފަށް އަދި ސްޓެލްކޯ އަށް ގެއްލުންވާ ގޮތަށް ކަމަށް މަޖިލިހަށް ހުށައެޅި މައްސަލާގައިވެއެވެ.