ރޭ ރިއާލް މެޑްރިޑް ކުޅުނު މެޗުން ރެއާލް ބެޓިސް އަތުން ދެ ލަނޑު ސުން ލަނޑުން ރިއާލް މޮޅުވިއިރު، ދެ ލަނޑުވެސް ޖެހީ އެމްބާޕޭއެވެ. މިއީ އެމްބާޕޭ ސްޕެނިޝް ލީގުގައި ޖެހި ފުރަތަމަ ދެ ލަނޑެވެ. އެއް ލަނޑަކީ ޕެނަލްޓީއެކެވެ.
ސްޕެނިޝް ލީގުގައި ލަނޑު ނުޖެހުނު ނަމަވެސް މި ފަހަރުގެ ޓްރާންސްފާގައި ރެއާލާ ގުޅުނު އެމްބާޕޭ އެ ކްލަބަށް ކުޅުނު ފުރަތަމަ މެޗުގައި، ޔުއެފާ ސުޕަ ކަޕް މެޗުގައި، އެޓަލަންޓާ ކޮޅަށް ލަނޑު ޖަހާފައެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ރެއާލް މެޑްރިޑުން އޮތީ ލީގުގެ ކުރީގައި އޮތް ބާސެލޯނާ އަށް ވުރެ ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.