ads
ވިޔަފާރިއަށް ބިދޭސިން ފޯއްކޮށް ވިއްކަމުންދިޔަ ތަން
ދުފުން ހުއްޓާލާ، އަނެއްކާވެސް މުޑުދާރުކޮށް ފޯއްކޮށާ ބައެއް
މުޑުދާރު ތަނެއްގައި ފޯއްކޮށާއި އެތަކެތި ބާޒަރަށް ނެރި ވިއްކަމުންދިޔަ ބީދޭސީންތަކެއް އަނެއްކާވެސް އަތުލައިގެންފިއެވެ.
Advertisement

އިމިގްރޭޝަނުން ބުނީ މި މީހުން އަތުލައިގަތީ އެ އިދާރާގެ "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާކާއި ގުޅިގެން ގޮސް ބަލާ ފާސްކުރުމަށްފަހުކަމަށެވެ. މި ތަނުން 2 މީހަކު ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

މި މީހުންނަކީ ދިވެހިން އާންމުކޮށް ދުފުމުގައި ބޭނުންކުރާ ތަކެތި، ވިޔަފާރިއަށް ތައްޔާރުކުރަމުންދާ ބައެއް ކަމަށް އިމިގްރޭޝަނުން ބުނެއެވެ. 

your imageވިޔަފާރިއަށް ބިދޭސިން ފޯއްކޮށް ވިއްކަމުންދިޔަ ތަން 

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މި މީހުން މި މަސައްކަތް ކުރަމުންދިޔައީ ކުޑަކުޑަ ތަންކޮޅެއްގަ ތެރޭގައެވެ. އަދި ފޯއް ކޮށާއި އެތަކެތި ޑެލިވަރީއަށް ކޮތަޅުތަކަށް އަޅަނީ ބިންމަތީގައި ބަހައްޓައިގެންނެވެ. އަދި ފޯއްކޮށުމުގެ ކުރިން އެތަކެތި ފެންނަށް އަޅާފައި ހުރި ޓައްޕަކީވެސް އެހާ މުޑުދާރުކޮށް ހުރި އެއްޗެކެވެ. އަދި ކޮށުމަށްފަހު އެތަކެތި ހިއްކަން އަތުރާފައިވަނީ އެނދެއް ކަހަލަ ތަނެއްގައެވެ. 

your imageފޯއްކޮށުމުގެ ކުރިން އަޅާފައި ހުރި ޓައްޕު 

އިމިގްރޭޝަނުން ބުނީ އިދާރާތަކުގެ އެހީތެރިކަމާއެކު މިތަނުގައި ކުރަމުން ދިޔަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފަައިވާކަމަށެވެ. 

your imageބިދޭސީންތައް ބޭނުންކުރަމުންދިޔަ ބަދިގެ

އިމިގްރޭޝަނާއި ކަމާއި ގުޅޭ އިދާރާތައް ގުޅިގެން ހިންގާ އޮޕަރޭޝަންގައި މީގެކުރިންވެސް ވަނީ މުޑުދާރު ތަންތަނުގައި ކާބޯތަކެތީގެ ވިޔަފާރިކުރަމުންދިޔަ އެތައް ބިދޭސީންނެއް ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި އެކި ލޭބަލްތަކުގައި ކާ ތަކެތި އުފައްދާ ދިވެހިންނަށް ވިއްކަމުން ދިޔަ މީހުން ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް