ads
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު
އިގްތިސޯދަށް އަންނަ ހެޔޮ ބަދަލުތައް ވަޖީހު ދެއްކެވީ ދެ ގުރާފުން
ރާއްޖޭގައި އިގްތިސޯދަށް ހެޔޮ ބަދަލުތަކެއް އަންނަމުންދާ ކަމަށާއި އެތެރެކުރާ މުދަލުގެ އަދަދު ތާރީހުގައި އިތުރުނުވާ މިންވަރަށް ވަނީ އިތުރުވެފައި ކަމަށް އެމްޕީއެލްގެ އެމްޑީ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
Advertisement

ފޭސްބުކްގައި އޭނާ އާންމު ކުރެއްވި ގްރެފިކްސް އިން ފެންނަ ގޮތުގައި މިދިޔަ ނުވަ މަސްތެރޭގައި ވަނީ ޖެނެރަލް ކާގޯގެ ގޮތުގައި 12،600 ޓަނު އަދި 5،375 ކޮންޓެއިނާ ކާގޯ އެތެރެކޮށްފަ އެވެ.

ވަޖީހު ވިދާޅުވީ، ދެ ގްރާފުން ފެންނަނީ ކޮންމެ އަހަރެއްގެ ވެސް އެވްރެޖްކޮށް މަހެއްގެ މައްޗަަށް ރާއްޖެ އަށް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ކަމަށެވެ.

"ރާއްޖޭގެ ތާރީހަށް ބަލާއިރު މީގެ ކުރިން، ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު. އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލްތައް ވަޒަން ކޮށްލުމަށްޓަކައި، އެ ދެ ގުރާފުން ދައްކައި ދީފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް ކޮންމެ އަހަރަކުވެސް އެވުރެޖްކޮށް މަހެއްގެ މައްޗަށް ރާއްޖެއަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު." ދެ ގްރާފެއް އާންމުކޮށް ވަޖީހު ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، މި ސަރުކާރުގެ މިވީ ކުޑަ ދުވަސް ކޮޅުގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް އިތުރުވީ މިދިޔަ ނުވަ މަސް ދުވަހު ކަމަށެވެ.

ވަޖީހު ވިދާޅުވި ގޮތުގައި ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ.

"މިއިން ދައްކައި ދެނީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާ އެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަން،" އޭނާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ، މި ސަރުކާރުގެ މުހިންމު ޕޮރޮޖެކްޓްތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކު ވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް