ads
އައޝްވާރިއާ އަދި އަބިޝެކް ދުބާއީ އެއާޕޯޓުގައި އުޅޭ ވީޑިއޯގެ ސްކްރީންޝޮޓެއް
ވަރިވާ އަޑު ފެތުރިފައިވަނިކޮށް އަބީޝެކް އަދި އައިޝްވާރިއާ ރާއީ އެކުގައި؟
އައިޝްވަރިޔާ ރާއި ބަޗަން އަދި އަބިޝެކް ބަޗަން ވަރިވާ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި ދުބާއީ އެއަރޕޯޓުން އެކުގައި ފެންނަ ވީޑިއޯއެއް ވައިރަލްވުމުން، ބައެއް މީހުން އުފާ ފާޅުކުރަން ފަށައިފިއެވެ.
Advertisement

މި ވީޑިއޯ އިންޓަނެޓުގައި ވަރަށް ބޮޑަށް ފެތުރިފައިވެއެވެ. އައިޝްވަރިޔާ އާއި އަބިޝެކްގެ ކައިވެނި ފަހަކަށް އައިސް ޚަބަރުތަކުގައި ވަރަށް ގިނައިން ފެންނަމުންދެއެވެ. އެ ދެމަފިރިން ވަރިވާ ކަމަށް ބުނެ ގިނަ ލިޔުންތަކެއް ނެރެފައިވެއެވެ. 

އައިޝްވަރިޔާ އާއި ޖަޔާ ބަޗަންއާ ދެމެދު އޮންނަ ގުޅުމާއި އާއިލާގެ އެހެން މެންބަރުންނާ އޮންނަ ގުޅުމުގެ ސަބަބުން މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެފައިވެއެވެ. އަދި އެ ދެމަފިރިން ވަކިން ދިރިއުޅެމުންދާ ކަމަށްވެސް ބުނެފައިވެއެވެ. 

ފަހަކަށް އައިސް އައިޝްވަރިޔާ އާއި އަބިޝެކް ގިނަ ހަފްލާތަކަށް އެކުގައި ހާޒިރުވެފައެއް ނުވެއެވެ. އަނަންތް އަމްބާނީ އާއި ރާދިކާ މަރޗަންޓްގެ ކައިވެނި ހަފްލާއަށްވެސް އެ ދެމަފިރިން އެކުގައި ހާޒިރުވެފައެއް ނުވެއެވެ. އަބިޝެކް އެ ހަފްލާއަށް ދިޔައީ އަމިތާބް ބަޗަން، ޖަޔާ ބަޗަން އަދި ޝްވެތާ ބަޗަންއާ އެކުގައެވެ. އައިޝްވަރިޔާ އެ ހަފްލާއަށް ދިޔައީ އާރާދިޔާ ބަޗަންއާ އެކުގައި ފަހުންނެވެ. މިކަމުން ގިނަ ބަޔަކު ދެކުނީ އެ ދެމަފިރިން ވަރިވަނީ ކަމަށެވެ.

ދާދިފަހުން އަބިޝެކް ބަޗަން ދިން އިންޓަވިއުއެއްގައި އޭނާގެ ކައިވެނީގެ އަނގޮޓި ދައްކާލުމަށްފަހު ބުނެފައިވަނީ އެ ދެމަފިރިން އަދިވެސް ކައިވެނިކޮށްގެން ތިބި ކަމަށެވެ. އަދި ވަރިވާ ކަމުގެ އަޑުތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ވެސް ވަރިވާ ކަމުގެ އަޑުތައް ހުއްޓިފައެއް ނުވެއެވެ.

މިހާރު އައު ވީޑިއޯއެއް މި ދަނީ ފެތުރެމުންވެ. އެއީ އައިޝްވަރިޔާ އާއި އަބިޝެކް އާރާދިޔާއާ އެކު ދުބާއީ އެއަރޕޯޓުން ފެނުނު ވީޑިއޯއެކެވެ. އެ ވީޑިއޯގައި އެ ތިން މީހުން އެއަރޕޯޓް ބަހަކަށް އަރަނިކޮށް ފެނެއެވެ. ފުރަތަމަ އަރަނީ އަބިޝެކެވެ. ދެން އައިޝްވަރިޔާ އާއި އާރާދިޔާއެވެ. މި ވީޑިއޯ ފެނުމުން ބައެއް މީހުން ބުނެފައިވަނީ އެ ދެމަފިރިން އަނެއްކާ ވެސް އެކުގައި އުޅެން ފަށައިފި ކަމަށާއި އެ ދެމީހުންގެ ދެމެދުގައި މައްސަލައެއް ނެތް ކަމަށެވެ.

ނަމަވެސް ބައެއް ހާޑުކޯ ފޮލޯވަރުން ވަގުތުން ބުނެފައިވަނީ މިއީ ކުރީގެ ވީޑިއޯއެއް ކަމެވެ. މިއީ މިދިޔަ އަހަރު އެ ދެމަފިރިން ދުބާއީއަށް ދިޔަ ދަތުރުގެ ވީޑިއޯއެކެވެ. އެހެން މީހަކު ލިޔެފައިވަނީ މިއީ މިދިޔަ އަހަރު އެވޯޑް ޝޯއަކަށް ދިޔަ ދަތުރުގެ ވީޑިއޯއެއް ކަމަށެވެ. އަދި ބައެއް މީހުން ބުނެފައިވަނީ އާރާދިޔާގެ އިސްތަށިގަނޑު މިހާރު އެހެން ގޮތަކަށް ހުންނަ ކަމަށާއި އެހެންކަމުން މިއީ ކުރީގެ ވީޑިއޯއެއް ކަމަށެވެ.

ފިލްމީ މަސައްކަތުގެ ދާއިރާއިން ބަލާއިރު، އަބިޝެކް "ކިންގް" ފިލްމުގައި މައިގަނޑު ވިލަން ރޯލުން ފެނިގެންދާނެއެވެ. މި ފިލްމުގެ މައި ލީޑް ރޯލުން ފެންނާނީ ޝާރުކް ޚާނެވެ. އަދި ސުހާނާ ޚާން ވެސް މި ފިލްމުގައި ބައިވެރިވާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް