ads
މާލީ ހާލަތު ރަނގަޅުކުރަން ސަރުކާރަށް އިރުޝާދު ދެން: އަދީބު
ރާއްޖޭގެ މާލީ ހާލަތު ގޯސްވެފައިވާތީ އެކަން ރަނގަޅު ކުރުމަށް ސަރުކާރަށް އިރުޝާދު ދެމުންދާ ކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
Advertisement

އިންޑިއާގެ އެންޑީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި އަދީބު ވިދާޅުވީ  މި ސަރުކާރުގެ ގިނަ ވަޒީރުންނަކީ އެމަނިކުފާނާއި އެކު ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންކަމަށެވެ. އެހެންކަމުން މާލީ ހާލަތާއި ގުޅޭގޮތުން ފެންނަ އިރުޝާދުތައް ދެއްވާކަމަށް އަދީބު ވިދާޅުވިއެވެ. 

" މި ހާލަތުން އަރައިގަތުމަށް އެއްބައިވަންތަވުމަށް ރައީސް އެބަ ޖެހޭ ގޮވާލައްވަން. އެންމެ ފުރަތަމަ ހާލަތު ގަބޫލުކުރަން ޖެހޭ އެއަށް ފަހު އެއަށް ހައްލެއް ހޯދަންވީ،" އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ މާލީ ހާލަތު ރަނގަޅު ކުރަން އަމިއްލަ ހައިސިއްޔަތުން ސަރުކާރުގައި ތިބޭ ރައްޓެހިންނަށް އަބަދުވެސް ނަސޭހަތް ދެއްވާކަމަށެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ތިބި އެކުވެރިންނަށްވެސް އެ ނަސޭހަތް ދެއްވިކަމަށްވެސް އަދީބު ވިދާޅުވިއެވެ. އަދި އެއީ ރަސްމީ ކަމެއްނޫންކަމަށާއި އެއީ ފަރުދީ ޒިންމާއެއްކަން ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރާއްޖެއަކީ އެމަނިކުފާނުގެވެސް އުފަންގައުކަމަށެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމެން، ހަފުތާއެއްހާ ދުވަހަށްވެފައިވަނިކޮށް، ހުކުމް ލުއި ކޮށްދެއްވައި މިނިވަން ކުރުމުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ރާއްޖެ ދޫކޮށް ބޭރަށް ވަޑައިގެންފައެވެ. އޭގެ ފަހުން އަދި އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. 

ރައީސް ސާލިހު، އަދީބަށް ލުއިދެއްވީ ޕެރޯލް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ. އަދީބާ އެކު އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބުވެސް ވަނީ ލުއިކޮށްދެއްވާފަ އެވެ. ލުއި ދެއްވިއިރު އަދީބު ގެންދެވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް