މި އަހަރުގެ ގައުމީ ދުވަހަކީ އަންނަ ބުދަ ދުވަހެވެ. އެކަމާ ގުޅިގެން ސަރުކާރުން ވަނީ ބުރާސްފަތީގައި ވެސް ސަރުކާރު ބަންދު ކުރަން ނިންމައިފަ އެވެ.
އިމިގްރޭޝަނުން ބުނީ ސެޕްޓެންބަރު 4 ވަނަ ދުވަހާއި 5 ވަނަ ދުވަހު މާލޭ އޮފީހުން ދިވެހި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓް ހެއްދުމުގެ ހިދުމަތަށް އެދެވޭނެ އެވެ. ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަނީ ކިއުބީ މެދުވެރި ކޮށެވެ. ނަންބަރު ދޫކުރަނީ ހެނދުނު 8:30 އިން މެންދުރު 2:00 ގެ ނިޔަލަށެވެ.
މީގެ ކުރިން ވެސް ރައްޔިތުންނަށް ފަސޭހަ ކުރުމަށްޓަކައި ބަންދު ދުވަސްތަކާ ދިމާކޮށްވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދީފައިވެ އެވެ.