ads
ހިޔަރިން ޑިވައިސް ބޭނުންކުރާ ކުއްޖާ އޭނާގެ މަންމަ އާއި އެކު - .ފޮޓޯ: ފާތިމަތު ނީމާގެ ފޭސްބުކް އެކައުންޓް
ސްކޫލުގައި ދަރިފުޅަށް ކުރި އަނިޔާއިން މަންމަގެ ހިތަށް ލައްކަ އަސަރު
ދަރިއަކަށް ޓަކައި، މަންމައެއްގެ ހިތުގައި އުފެދިފައިވާ ލޯތްބަކީ ލިޔުމުން ނުވަތަ ދުލުން ބަޔާންކޮށްދެވޭވަރަށް ވުރެ ބޮޑު، އަގުހުރި މާތް އެއްޗެކެވެ. މިއީ އެއްވެސް މީހަކު ދެބަސް ނުވާނޭ ހަގީގަތެކެވެ. އިލްމުވެރިން ބުނާތީ އަހަމެވެ. އެއްވެސް މަޔަކު އަދި ބަފަޔަކު އެމީހުންގެ ދެލޯފަދަ ލޯބިވާ ދަރިފުޅުގެ ގައިގައި އަލިފާންކަންޏެއްގެ މިންވަރުވެސް ޖެހުމަށް ނޭދޭނެ އެވެ.
Advertisement

މިއަދު ސޯޝަލް މީިޑިއާގައި އާންމުވެފައިވާ ޕޯސްޓެއްގައި މަންމައަކު ބަޔާންކޮށްފައިވާ އަސަރުން ފުރިގެންވާ ބަސްތައް މިކަމުގެ އަލިގަދަ ހެއްކަކަށް ފުދެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ފޭސްބުކް މެދުވެރިކޮށް މަންމައަކު ބަންޑުންކޮށްލި މި އަސަރުގަދަ ޖަޒުބާތީ ސުއޫރުތަކަކީ، ސްކޫލެއްގައި ތައުލީމު ހާސިލް ކުރަމުން ދިޔަ އޭނާގެ ހާއްސަ އެހީއަށް ބޭނުންވާ ދަރިފުޅުގެ ގައިގައި ކުދިންތަކެއް ވެގެން، ތަޅާ އަނިޔާކުރުމާއި ގުޅިގެން ފާޅުކުރި ޝުއޫރުތަކެކެވެ.  


ހާދިސާ ދިމާވި ކުއްޖާގެ ބޮލުގައި ހަރުކޮށްފައި އިން ޑިވައިސްއަކީ އޮޕަރޭޝަނަކަށް ފަހު އެކުއްޖާގެ ބޮލުގައި ޖަހާފައިވާ ޑިވައިސެކެވެ. އެކަން ފާހަގަކޮށް، ކުއްޖާގެ މަންމަ އަސަރާއެކު ލިޔެފައި ވަނީ، އެ ޑިވައިސްއަކީ ދަރިފުޅުގެ އަޑުއިވުމުގެ ހިއްސު ކަމަށެވެ. އެހެންކަމުން، އެއީ ކޮން އެއްޗެއް ކަން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ވެސް އިނގުން މުހިންމު ކަމަށް އޭނާ ލިޔެފައި ވެއެވެ.

"އެގޮތަށް ބޮލުގައި ޖަހައި އޮޕަރޭޝަނެއް ކޮށްފައި ހުރި ތަނަކަށް ގެއްލުންވެއްޖެއްޔާ އެއީ ކިހާބޮޑު ދެރައެއްތޯ؟ އަދި، އެޑިވައިސް ހަލާކުވެއްޖިއްޔާ އަހަރެމެން ކަހަލަ އާދައިގެ މީހުންނަށް 10000 ޔޫއެސް ޑޮލަރަކީ ވަރަށް ބޮޑު އެއްޗެއް އިނގޭތޯ.." ކުއްޖާގެ މަންމަ ބުންޏެވެ.

އެ މަންމަގެ ޖަޒުބާތީ މެސެޖުން އެތައްބައެއްގެ ހިތް ރޮއްވާ، ކުދިކުދިކޮށްލި އިރު، އެ މަންމަގެ ވާހަތަކަށް އާންމުންގެ ފަރާތުން ލިބިފައި ވަނީ އާދަޔާއި ހިލާފު ބޮޑު ތަރުހީބެކެވެ. އޮހެމުން ދިޔައީ ތައުރީފުގެ ބަސްތަކެވެ. މި މައްސަލަ ފެންމަތިވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިވަގުތުވެސް އެ މަންމަގެ ޖަޒުބާތީ ވާހަތަކަށް އެތަކެއް ހާސްބައެއްގެ ހަމްދަރުދީގެ މެސެޖުތައް ލިބެމުން އަންނައިރު، އެ މަންމަގެ މި ވާހަކަތަކަށް ކޮމެންޓް ކުރި މީހަކު ބުނެފައިވަނީ ދަރިއަކަށް އެފަދައިން ސްކޫލް މާހައުލުގައި ހަނގާކޮށް، އަނިޔާ ދިނުމަކީ ކޮންމެ މަޔަކާއި ބަފައެއްގެ ހިތައް ކެތް ނުކުރެވޭނޭ ކަމެއް ކަމަށާއި، އެފަދަ ކަންކަން ސްކޫލުތެރޭގައި ހިނގަނީ ޓީޗަރުންވެސް އަދި ކަމާބެހޭ ފަރާތްތަކުންވެސް އަޅާނުލާތީކަމަށެވެ.

"ސުކޫލުގަ ކުއްޖަކަށް އަނިޔާ އެއް ކުރިޔަސް އެކަން ސްކޫލުން ނުހުއްޓުވާ. މިސާލަކަށް ފަލަކޮށް ހުންނާތީ ބުލީ ވާ ކުއްޖަކު އެކަމުން ދުރުވޭތޯ ސްކޫލް އެކި ހަރަކާތްތަކުގައި ބައިވެރިކޮށް އެކަމުން ނެރެން މަސައްކަތްކުރިއަސް ކުއްޖާގެ ސިފައަށް އަމިއްލައަށް ނަފްރަތުކުރެވެ ގޮތަށް ސުކޫލުން އަމަލުކުރޭ. ސްކޫލް ހަރަކާތްތަކުގައި ފަހަތު ސަފުގައި އަބަދު ބަހައްޓާތީ މަގޭ ދަރިފުޅުބުނޭ ހަޑިވީމަ ފަހަތުގައެއްނޫންހޯ ބަހައްޓާނީ. އޭނަ ގަބޫލުކުރަނީ ހުރިހާ ކުދިންނަށް ވުރެ އޭނަގެ ސިފަހުތުރީކަމަށް." އަންހެން މީހާގެ ޕޯސްޓަށް ކޮމެންޓް ކުރި ބެލެނިވެރިޔަކު ބުންޏެވެ.

އެ ޕޯސްޓާއި ގުޅުވައި އިތުރު މީހަކު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ދަރިން ސްކޫލްގައި ހޭދަ ކުރާ ދުވަސް ތަކުގައި މިފަދަ އެތަކެއް ހިތްދަތި ކަންކަން ދިމާވާކަމަށާއި އެގޮތުން އެފަދަކަމެއް ކުރިން ތަޖުރިބާ ވެސް ކޮށްފައިވާކަމަށެވެ. 

އެ ތަޖުރިބާވެސް ހިއްސާކުރަމުން އެ މީހާ ބުނެފައިވަނީ އޭނާގެ ދަރިފުޅަކާ ދިމާލަށް ސްޕަވައިޒަރަކު ބެލެނިވެރިން ތަކުގެ ކުރިމަތި ވަރަށް ހުތުރުކޮށް އެއްޗެހި ކިޔަނިކޮށް އެމަންޒަރު ފެނުނުކަމަށެވެ. އަދި އެވަގުތު އެފަދަ ހިތްދަތި އިހުސާތަކެއް ކުރެވިފައިވާކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ވަރަށް މޮޅު ކަމަކަށް ހަދާފައި ބައެއް ސްކޫލްތަކުން ބުނާނެ ބުލީކުރުން މި ސުކޫލުގައި ހުއްޓުވަމޭ. ކުދިންނަށް ރައްކާތެރި މާހައުލަކަށް ސްކޫލުތައް ވާނެއޭ. ޓީޗަރު ކުދިން ކުރިމަތީގައި އެއް ކުއްޖަކަށް އެއްޗިހި ކީމަ އެހެން ކުދިން އެ ކުއްޖާ އަށް މި ބުލީ ކުރަނީ. މިހެން މިކަން ވާކަން ވެސް ގަބޫލު ކުރާނެ ވެރިޔަކު ނުހުރޭ،" އަންހެން މީހާގެ ޕޯސްޓަށް ކޮމެންޓް ކުރި ބެލެނިވެރިޔަކު ކަންބޮޑުވުން ފާޅުކޮށް ބުންޏެވެ.

ބުލީ ނުވަތަ ގަނާ ކުރުމަކީ ރާއްޖޭގައި އާންމުވެފައިވާ ވަރަށް ނުބައި އާދައެކެވެ. ބުލީ ކުރުމޭ ބުނީމާ މިއީ ވަރަށް ގިނަ ކަންތައްތަކެކެވެ. އެއީ މީހަކު ހުންނަ ސިފައަކަށް މަލާމާތް ކުރުމާއި ވާހަކަ ދައްކާ ގޮތް ތަފާތުވުމުން އެކަމާމެދު ފުރައްސާރަ ކުރުމެވެ. ނުވަތަ ކުރެވޭ ކަމެއްގެ ސަބަބުން މީހުންގެ ހިތުގައި ޖެހޭ ގޮތަށް އެއްޗެހި ކިޔާ ދިމާކޮށް ހެދުމެވެ.

މިފަހަކަށް އައިސް ސުކޫލް މާހައުލުގައި ކުދިންނަށް ބުލީ ނުވަތަ ގަނާ ކުރުމުގެ ބައެއް މައްސަލަތަށް ތަކުރާރުވެ އެވެ. އަދި އެފަދަ ކަންކަން ދިމާވުމުގައި ބައެއް ޓިޗަރުންގެ އިހުމާލު ހުރިކަން ވެސް ބައެއް ފަހަރު ފެންމަތި ވެއެވެ. ބައެއް ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި ސްކޫލު ބުލީ މިހާރު ގޮސްފައިވާ ހިސާބަކީ ސްކޫލާ ނުވަތަ ބުލީ ކުރާ ކުއްޖާގެ ބެލެނިވެރިންނާ ވާހަކަ ދައްކައިގެން ހައްލު ކުރެވޭ ވަރަށް ވުރެ މަތީގަ އެވެ.

"ބެލެނިވެރިންނޭ، ތިބޭފުޅުންނަށް އެގޭ އެއްޗެއް ދަރިންނަށްވެސް ކިޔައިދީ، ނުޅުދެންތެރިކަމަކީ ހަމައެކަނި އުފަންވާއިރު ހުންނައެއްޗެއް ނޫން، މިހާރު ސްޓްރޯކް ޖެހުން، އެކްސިޑެންޓުވުންފަދަ ކަންކަން ވަރަށް ގިނަ، މީހެއްގެ ދިރިއުޅުން ބަދަލުވާން ސިކުންތުކޮޅއްވެސް ނުނަގާ، މިއަދު ރަގަޅަށް ހުންނަ މީހާ މާދަމާ ހާއްސައެހީއަށް ބޭނުންވާ މީހަކަށްވެފަ ހުއްޓާވެސް ފެނިދާނެ، މިއީ ދުނިޔޭގެ ގާނޫނު..." ހިޔަރިން ޑިވައިސް ބޭނުންކުރާ އޭނާގެ ދަރިއަށް މިއަދު ސްކޫލުން ދިމާވި ހާދިސާ ކިޔައިދެމުން އޭނާ ބުންޏެވެ.

ކުދިން ބުލީގެ ޝިކާރައަކަށް ވާން ފަށަނީ އެކި މާހައުލުންނެވެ. ބައެއް ކުދިންނަށް ގޭތެރެއިންނެވެ. އަނެއްބައިކުދިންނަށް ސްކޫލުންނެވެ. ނުވަތަ މަގުމަތިންނެވެ. ތެދެކެވެ. ގަބޫލްކުރަން ބޭނުން ނުވިޔަަސް ކުދިން ބްލީކުރަން ދަސްކޮށް އާދަކުރަނީ ބޮޑެތިމީހުންގެ ފުށުން ނެވެ. މުޖުތަމައުން ނެވެ. ބެލެނިވެރިން މީހުންނަށް އާޑަފުރައްސާރަ ކުރުން ވަނީ އިތުރެވެ. އަނެއްކޮޅުން ކުދިންގެ ހައްގުތައް ގިނަކަމުން ނަސޭހަަތަކަށްވެސް އެއްޗެއް ބުނެފިމީހާ ވަނީ ކުށްވެރި އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް