ads
ރަތްކަނޑުން ދަތުރުކުރަމުން ދިޔަ އުޅަދަކަށް ޔަމަނުން ހަމަލާދެނީ
ޔަމަނު ކޮންޓްރޯލް އޮންނަ ރަތްކަނޑުން ދަތުރުކުރި ސައުދީ ތެޔޮބޯޓަކަށް ހަމަލާދީފި
ޔަމަނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމުގައިވާ ހޫތީން އަތްގަދަކުރަމުން އަންނަ ރައްކަނޑުން ދަތުރުކުރަމުން ދިޔަ ސައުދީ އަރަބިއާގެ ތެޔޮބޯޓަކަށް ހަމަލާތަކެއް ދީފި އެވެ.
Advertisement

ރޮއިޓަސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރަތްކަނޑުން ދަތުރުކުރަމުން ދިޔަ ސައުދީ އަރަބިއާގެ މި ތެޔޮ އުފުލާ ބޯޓަށް ހަމަލަދީފައި ވަނީ މިސައިލުންނެވެ.

ސައުދީގެ އަންގައިގް ނަމަކަށް ކިޔުނު މި އުޅަނދަށް މިސައިލް ބޭނުންކޮށްގެން ހަމަލަދީފައިވާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނާއިރު، މި ހަމަލާދިން ވަކި ބައެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.

އަދި މި ހަމަލާގެ ޒިންމާ އެއްވެސް ޖަމާއަތަކުން އަދި މިހާތަނަށް ނަގާފައިވެސް ނުވެ އެވެ.

ނަމަވެސް ސައުދީގެ މީޑިއާތަކުން ބުނާގޮތުގައި ސައުދީގެ މި ތެޔޮ އުފުލާ އުޅަނދަށް ހަމަލަދީފައިވަނީ ޔަމަނުގެ އަސްކަރިއްޔާއިންނެވެ.

ރަތްކަނޑުން ދަތުރުކުރަމުން ގެންދާ ޔަހޫދީ އިސްރާއީލަށް ވާގިވެރިކަން ދޭ ހުރިހާ ގައުމެއްގެ އުޅަނދުތަކަކަށް ވެސް ހޫތީން ދަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ވޭތުވެދިޔަ ހަފްތާތެރޭގައި ވެސް އެމެރިކާ އަދި އިސްރާއީލަށް ނިސްބަތްވާ ހަތަރު އުޅަދަނކަށް ވަނީ ހަމަލާދީފަ އެވެ.

ޔަމަނުގައި ހަރަކާތްތެރިވާ ހަގުރާމަވެރި ޖަމާއަތް ހޫތީންގެ ހަމަލާތައް ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން އިސްރާއީލުގެ ދިފާއުގައި ހޫތީންގެ އެތައް އަމާޒުތަކަކަށް ބޮންއަޅައި ހަމަލާތައް އަންނަނީ ދެމުން ނެވެ. ނަމަވެސް، ހޫތީންގެ ހަމަލާތަކަށް އަސަރެއްކުރާވަރުގެ ކަމެއް އެމެރިކާއާއި އިނގިރޭސިވިލާތަށް އަދި ކުރެވިފައެއް ނުވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް