ads
އަޝްފާގު
މަޖިލިސް ރައީސް ގެކޮޅުގެ ޑިރެކްޓަރ ޖެނަރަލުކަން ދަގަނޑޭއަށް
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅު ކަމަށްވާ މ. މުރައިދޫ ގޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ހަމަޖައްސައިފި އެވެ.
Advertisement

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިތާ އަލީ އަޝްފާގް އެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. އަސްފާގު އިތުރުން ރާއްޖޭ މަޝްހޫރު ނޫސްވެރިޔާ އާދަމް ހަލީމަށްވެސް ވަނީ ރައްޔިތުން މަޖިލީހުގެ ގެކޮޅުން އިސް މަގާމެއް ދެއްވާފަ އެވެ. އާދަމް ހަލީމް އަކީ މުރައިދޫގެ ޗީފް އޮފް ސްޓާފްއެވެ. 

ރައްޔިތުން މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައިވާ ރަސްމީ ގެކޮޅު މުރައިދޫގެއަށް އަބްދުއްރަހީމް އަބްދުﷲ ބަދަލުވެޑައިގަތީވެސް މިދިޔަ ޖުލައިމަހުގެ ތެރޭގައެ ވެވެ. 

އަބްދުއްރަހީމް އެގަށް ބަދަލުވެޑައިގަތުމުގެ ކުރިން ވަނީ އެ ގެކޮޅުގައި ކުރިން ހުރި ބައެއް މަގާމުތަކަށް ބަދަލު ގެންނަވާފަ އެވެ. 

އަބްދުއްރަހީމް ހުށަހެޅުއްވީ މުރައިދޫގޭގެ އެއް މަގާމެއްގެ ނަން ބަދަލުކުރާށެވެ. އަދި ހަތަރު މަގާމެއް އުވާލުމަށް ފަހު، އެ މަގާމުތަކުގެ ބަދަލުގައި ހަތަރު މަގާމެއް އުފެއްދުމަށެވެ. މި ބަދަލު ވަނީ މަޖިލީހުން ގެނެސްދީފަ އެވެ.  

މަޖީލީހުގެ ރައީސްގެ ހައިސިއްޔަތުން މުރައިދޫގޭގައި އެންމެ ފުރަތަމަ އުޅުއްވީ ރައީސް މުހައްމަދު ނަޝީދު އެވެ. އެގެކޮޅު މަޖިލީހުގެ ރައީސަށް ހާއްސަ ކުރީ މެއި 6 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ކަންކަން ވަރުގަދަކުރުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް