ads
ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
21 ވަނަ ގަރުނަށް ބޭނުންވާ ހުނަރު ދަސްކޮށްދޭން ޖެހޭ: މާރިޔާ
21 ވަނަ ގަރުނަށް ބޭނުންވާ ހުނަރުތަށް ޒުވާނުންނަށް ދަސްކޮށްދެންޖެހޭ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
Advertisement

އެކަމަނާ މިހެން ވިދާޅުވީ މޯލްޑިވިސް އެންހޭންސިން އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ) އަށް 5 އަހަރު ފުރުމުގެ މުނާސާބާގައި ބޭއްވި ހަފްލާގަ އެވެ.

އެކަމަނާ ވިދާޅުވީ މީރީ ޕްރޮޖެކްޓަކީ ޒުވާނުންގެ ހުނަރުވެރިކަން އިއާދަކޮށް، ތަރައްގީކުރުމަށް އެތަށް މަސައްކަތެއް ކުރަމުން އަންނަ ޓީމެއް ކަމަށެވެ. އަދި މީރީ ޕްރޮޖެކްޓުން އުފައްދާ ޑިޖިޓަލް ވަސީލަތްތަކާއި އެ ޕްރޮޖެކްޓްގެ ދަށުން ހިންގާ އެކި ހަރަކާތްތަކަކީ ޒުވާނުން ޝައުގުވެރިވާފަދަ ހަރަކާތްތަކެއްކަން މިނިސްތަރު މާރިޔާ ވިދާޅުވި އެވެ.

"މިނިސްޓްރީގެ ފަރާތުން ޒުވާނުންގެ ހުނަރުވެރިކަން އިތުރުކުރުމަށް އެތަށް މަސައްކަތެއް ކުރަމުންދާއިރު، މީރީ ޕްރޮޖެކްޓާއި މިނިސްޓްރީގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ޒުވާނުން ހުނަރުވެރިކުރުމުގެ މި މަސައްކަތުގައި، ދިވެހި ޒުވާނުންނަށް 21 ވަނަ ގަރުނަށް ބޭނުންވާ ހުނަރުތަށް ދަސްކޮއްދޭން ޖެހޭ" މާރިޔާ ވިދާޅުވި އެވެ

މީރީ ޕްރޮޖެކްޓަށް 5 އަހަރު ފުރުމުގެ މި ރަސްމިއްޔާތުގައި، ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ، މީރީ ޕްރޮޖެކްޓްގެ މެނޭޖަރު، އަލީ ޝަރީޕް، މީރީ ޕްރޮޖެކްޓާއި މިނިސްޓްރީގައި މަސައްކަތްކުރައްވާ އެކި މުވައްޒަފުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް