އެމަނިކުފާނު ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެެއްގައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީއުލްއައްވަލްމަހުގެ 1 ވަނަ ދުވަހުއެވެ. ޤައުމީ ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންގެ އަޅުވެތިކަމުގެ ދަށުން ރާއްޖެ މިނިވަންވި ދުވަހާ ގުޅިގެންނެވެ. ޤައުމީ ދުވަސް ނިސްބަތްވެ ވަޑައިގަންނަވަނީ، އުތީމު ބޮޑުތަކުރުފާނު، އަލްގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް، ސިރީސަވާދީއްތަ މަހާރަދުންނަށެވެ. ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންވީ 1573 ވަނަ އަހަރުއެވެ.
1946 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ރަބީއުލްއައްވަލުމަހުގެ އެއްވަނަ ދުވަސް ފަހަގަކުރަމުން އަންނަނީ ޤައުމީ ދުވަހުގެ ގޮތުގައެވެ.
މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސަ މާލޭގެ އިތުރުން ތަކުރުފާނު ނިސްބަތްވެޑައިގަންނަވާ ހއ. އުތީމުގައި ވެސް އޮންނާނެއެވެ.