ads
ރައީސް މުއިއްޒު އަދި ރައީސް ޔާމީން
ގޭންގެއް ޕާކެއް ބަންދުކޮށްގެން ޔާމީން މުއިއްޒަށް ގުޅާ ވަރަށް ހަޑިކޮށް އެއްޗެހި ކި: އަދީބު
ގޭންގެއް ޕާކެއް ބަންދުކޮށްގެން ޑރ މުހައްމަދު މުއިއްޒަށް ގުޅުއްވާ ރައީސް ޔާމީން ވަރަށް ހަޑިކޮށް އެއްޗެތި ކިޔުއްވިކަމަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވިދާޅުވެއްޖެއެވެ.
Advertisement

މީރޭ އެފްބީގައި އާއްމުކުރި ވީޑިއޯއެއްގައި އަދީބު ވިދާޅުވީ ޑރ. މުއިއްޒާއި މެދު ޔާމީން ހިތްހަމަނުޖެހެން ފެއްޓެވީ އެމަނިކުފާނާއި ގާތްގުޅުމެއް އޮންނަ ގޭންގެއް ބޭނުންކުރަމުން ދިޔަ ޕާކެއް ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި ބަންދުކޮށްގެންކަމަށެވެ. 

އަދީބު ވިދާޅުވީ ސްކޫލް ދަރިވަރެއް މަރާލައިގެން މާލޭގައި ހުރި ޕާކެއް ބަންދުކުރި ފަހުން ޑރ. މުއިއްޒާއި މެދު ޒާތީ ގޮތެއް ޔާމީން ގެންގުޅުއްވަމުން ގެންދެވިކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި މުއިއްޒަށް ހައުސިން މިނިސްޓަރުކަން ދެއްވީވެސް އެމަނިކުފާނުގެ ނަން އެމްޑީއޭއިން ހުށައެޅުމުންކަމަށްވެސް އަދީބު ވިދާޅުވިއެވެ. 

" ޑރ މުއިއްޒު ރައީސް ޔާމީންގެ ރައްޓެހި ގޭންގެއްްގެ ޕާކެއް ބަންދުކޮށްގެން އެއީ އެތާގައި ސްކޫލް ކުއްޖެއް މަރާލެވިފައިވާތީ އެތަން ބަންދުކޮށްގެން ރައީސް މުއިއްޒަށް ގުޅާ ވަރަށް ހަޑި އެއްޗެހި ކިޔައިގެން އަޅުގަނޑު ހަނދާން އެބަހުރި ވަރަށް ހިތާމައާއި އެކު އެވާހަކަ ރައީސް ވަހީދުކައިރީ މުއިއްޒި ދެންނެވި ވާހަކަ. އޭގެ ފަހުން ހުންނަނީ ފާޑެއްގެ ޒާތީ ގޮތެއް ޑރ މުއިއްޒާއި މެދު." އަދީބު ވިދާޅުވިއެވެ.

އަދީބު އެ ވިދާޅުވީ 2012 ވަނަ އަހަރު ލޮރެންޒޯ ޕާކުގައި މަރާލާފައި އޮއްވާ ފެނުނު ދަރުމަވަންތަ ސްކޫލްގެ ދަރިވަރު، މުހައްމަދު އަރުހަމްގެ ވާހަކައެވެ. އެ ހަދިސާއަށްް ފަހު އޭރުގެ ސަރުކާރުން ވަނީ އެޕާކު ބަންދުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް