ads
ގައުމީ ދުވަހުގެ ތަހުނިޔާ، ގައުމުގެ އާދޭސް
މިއަދަކީ ދިވެހި ރާއްޖޭގެ ފަހުރުވެރި ގައުމީ ދުވަހެވެ. އަޅުގަނޑުމެންގެ ހައްގުގައި ގައުމަށްޓަކައި ބޮޑު ގުރުބާނީއެއް ވި ގައުމީ ބަތަލުންގެ ޒިކުރާ އައުކޮށް، އެ ބަތަލުންގެ ހިތްވަރުން ހިތްވަރު ލިބިގަންނަންވީ ދުވަހެވެ.
Advertisement

އެބައެއްގެ އާރާއިބާރު މުޅި ދުނިޔޭގައި ފަތުރަމުން އައި "ކަނޑުގެ ބާޒު" ގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުންގެ އާރާއިބާރު ކަނޑުވާލައި ހަމަބިމަށް ތިރިކޮށް ނެރެ އެއްލާލީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީއުލްއައްވަލްމަހުގެ އެއްވަނަ ދުވަހު، އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމެވެ.

މިއަދަކީ ޕޯޗުގީޒުން ބަލިކޮށް، ދިވެހި ގައުމީ ދިދަ މިނިވަންކަމާއި އެކު، ޖައްވުގައި ވިހުރެން ފުރުސަތު ހޯދައިދިން ފަހުރުވެރި ބަތަލް މުހައްމަދު ތަކުރުފާނުގެ މިންނަތް ގައުމީ ރޫހު އާލާކޮށް ދިރުވަންވީ ދުވަހެވެ.

މުހައްމަދު ތަކުރުފާނު ދިވެހީންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. ގައުމީ ދުވަހުގެ ގޮތުގައި ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރައްވަން ފެއްޓެވީ ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. މި ދުވަސް ފުރަތަމަ ފާހަގަކުރެވުނީ 1 ރަބީއުލްއައްވަލް 1365 ގަ އެވެ.

މި މަތިވެރި ކާމިޔާބީގެ ހަނދާންތައް އަބަދުމެ އަބަދަށް އެންމެހާ ދިވެހިންގެ ހިތްތަކުގައި އާކުރަން ޖެހެ އެވެ. އެހެނީ އެ ދުވަސް އެންމެހާ ދިވެހިންހެ ހިތްތަކުގައި އާލަން ކުރަން ޖެހެނީ އެކަމަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. ބޮޑުތަކުރުފާނުގެ މިންނެތް މަސައްކަތަށް މާތް ﷲ ފުރިހަމަ ކާމިޔާބުދެއްވިކަމަށްޓަކަ އެވެ.

ބޮޑުތަކުރުފާނު ހޯއްދަވައިދެއްވި މިނިވަންކަން އަބަދަށް ދެމެހެއްޓުމަށް ޓަކައި ކޮންމެ ދިވެހި ދަރިއަކުވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއީ ކޮންމެ ދިވެހި ދަރިއެއްގެ މައްޗަށް ވެސް ވާ ގައުމީ ވާޖިބަކަށް ވާތީ އެވެ.

ގައުމީ ދުވަހާއި ގުޅިގެން ރާއްޖޭގެ ފުންނާބުއުސް ބަހުގެ އަދީބުންނާއި، ލިޔުންތެރިން އަދި ސިޔާސީ ލީޑަރުން، ގައުމީ ދުވަހާއި ގުޅުވައި ތަފާތު އެކިއެކި ޝުއޫރުތައް ފައުޅުކުރައްވަވާފައިވެ އެވެ.

އޭގެތެރެއިން ލިޔުންތެރިކަމުގެ އުދަރެހުގައި ފިޔަޖަމުން އަންނަ އަލިގަދަ ތަރި، މަޝްހޫރު ލިޔުންތެރިޔާ، އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ނުވަތަ (މާވަށު އަޒީ) ގައުމީ ދުވަހާއި ގުޅުވައި ވިދާޅުވެފައިވަނީ އެ މީހަކު ނިސްބަތްވާ ގައުމަކީ އެ މީހެއްގެ ގައުމިއްޔަތުކަމަށާއި އެ މީހެއްގެ ޤާއުމާމެދު އެ މީހެއްގެ ހިތުގައި އޮންނަ ފަހުރާއި އެ އިހުސާސަކީވެސް ގައުމިއްޔަތުކަމަށެވެ. އަދި އެ މީހެއްގެ ކިބައިގައި ނުވަތަ އެތަނެއްގައި އޮންނަ ޤައުމީ ވަންތަ ކަމަކީ ވެސް ގައުމިއްޔަތުކަމަށެވެ.

"އެ މީހަކު ނިސްބަތްވާ ގައުމަކީ އެ މީހެއްގެ ގައުމިއްޔަތު. އެ މީހެއްގެ ގާއުމާމެދު އެ މީހެއްގެ ހިތުގައި އޮންނަ ފަޚުރާއި އެ އިޙުސާސަކީވެސް ގައުމިއްޔަތު. އަދި އެ މީހެއްގެ ކިބައިގައި ނުވަތަ އެތަނެއްގައި އޮންނަ ގައުމީ ވަންތަ ކަމަކީ ވެސް ގައުމިއްޔަތު"

ގައުމުގެ އާދޭސް!؟

މިއީ މިއަދު ޖަވާބު ހޯދަން އުނދަގޫ ސުވާލެކެވެ. މި ސުވާލު އަމާޒުވާ ހަމަކޮންމެ މީހަކުވެސް ޖަވާބުގައި ބުނެފައިވަނީ މިއަދާއި ގުޅުވައި، ގައުމުގެ އާދޭހެއް އެބައޮތްތޯ އެވެ. ނެތެވެ. އެދުވަސް މިހާރު މާޒީވެ ހިންގައްޖެކަމަށް އެފަރާތްތަކުން ދެކެ އެވެ.

މިކަމުގެ ސަބަބުތައްވެސް ވަރަށް ގިނަ އެވެ. މިއަދު ދިވެހިރާއްޖޭގެ ގައުމީ ދުވަސް ފާހަގަކުރާ އިރު ދިވެހި ގައުމިއްޔަތުގެ ބިންގާކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް ހަޖޫޖަހައި، މަލާމާތްކޮށް ފުރައްސާރަކުރާ މީހުން މި ލޮބުވެތި ފަސްގަނޑުން ފާޅުވެ، އިސްއުފުލައިގެން އުޅޭކަމީ ލަދުވެތި ނަމަވެސް ފެންނަން އޮތް ހަގީގަތެވެ.

އަދި މިފަދަ މީހުންގެ ހިމާޔަތުގައި ދިވެހީންގެ ތެރެއިން ބަޔަކު ތެދުވެ ބަސްބުނާކަމީ ވެސް ހަގީގަތެވެ. ދީނުގެ ހިމާޔަތުގައި ބަސްބުނާ މީހުންނަކީ ދޮގުވެރި، ނިރުބަވެރީންކަމުގައި ދެކި، އިސްލާމް ދީނަށް ފުރައްސާރަކޮށް ގުރުއާނަށް އިންކާރުކުރާ މީހުންނަކީ ނަފްސާނީ ބަލި މީހުން ކަމަށް ހަދައި އެމީހުންނަށް ވާގިވެރިވާ ބަޔަކު ވެސް މި ފަސްގަނޑުގައި އުޅޭކަމީ އަދި މިޔަށްވުރެ ބޮޑު ލަތުވެތިކަމެކެވެ.

ކަން މިހެން އޮތްއިރު، މި ފަހުރުވެރި ގައުމީ ދުވަހު އަޅުގަނޑުމެން އެންމެހާ ދިވެހީން އަމިއްލަ ފަސްގަނޑުގައި މި ތިބޭންޖެހެނީ ލަދާއި ހިތާމައިން އިސްޖަހައިލައިގެން ގޮތް ހުސްވެފައިވާހާލުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް