އުރުގުއޭ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިނުމުގެ ރެކޯޑް ހަދާފައިވާ ފޯވާޑް، ލުއިސް ސުއަރޭޒް ގައުމީ ޓީމަށް ކުޅޭނެ ފަހު މެޗަކީ އަންނަ ހުކުރު ދުވަހު ކުޅޭ މެޗެވެ.
އުމުރުން 37 އަހަރުގެ ސުއަރޭޒް އެ ދުވަހު ނުކުންނާނީ ޕެރަގުއޭއާ ދެކޮޅަށް ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައެވެ. އެއީ ގައުމީ ޖޯޒީގައި އޭނާ ފެންނާނެ ފަހު މެޗެވެ. ގައުމީ ޓީމުގައި ހޭދަކުރި 17 އަހަރުގައި ސުއަރޭޒް ވަނީ އެ ޓީމަށް 142 މެޗުން 69 ލަނޑު ޖަހައިފަ އެވެ.
އުރުގުއޭ ޓީމަށް ސުއަރޭޒް ކުޅުނު ފުރަތަމަ މެޗަކީ، 2007 ވަނަ އަހަރު ފެބްރުއަރީ މަހު ކޮލަމްބިއާއާ ދެކޮޅަށެވެ.