ރިޕޯޓްތައް ބުނާ ގޮތުން އޮސީމެން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ގަލަޓަސަރާއި އަށް ބަދަލުވާން ނިންމާފައެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގަ އެވެ.
ލޯނު އެއްބަސްވުމުގެ ދަށުން އޮސީމެން ހޯދުމަށް ގަލަޓަސަރާއި އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ނަޕޯލީން ވެސް ވަނީ އެއްބަސްވެފަ އެވެ.
އޮސީމެން އާއި ނަޕޯލީއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، ނަޕޯލީން ވަނީ އެ ޓީމުގެ އިޓާލިއަން ލީގުގެ ލިސްޓުން އޮސީމެން އުނިކޮށް، އޭނާ ކުޅެމުން އައި ނުވަ ނަންބަރު ޖާޒީ ވެސް އަތުލައިފަ އެވެ.
ލީލް ދޫކޮށް އޮސީމެން ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އޮސީމެން ވަނީ ނަޕޯލީ އަށް ކުޅެދިން 133 މެޗުގައި 75 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.