ads
ގައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުއިއްޒު ދިވެހި ގައުމާ މުހާތަބު ކުރައްވަނީ
ކަސިޔާރު ފިކުރީ ރާޅުތަކުން ވިސްނުންތައް ސަލާމަތްކުރަންޖެހޭ: ރައީސް
ކަސިޔާރު ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ދިވެހު ގައުމާ މުހާތަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުންކަމަށާއި ދިވެހިގެ ތަބީއަތަކީވެސް މިނިވަންކަންމަތީގައި ދެމިތިބުންކަމަށެވެ. އެގޮތުން މި ސަރުކާރުގެ މުޅި ސިޔާސަތު ބިނާ ކުރައްވާނީ އެ އަސާސުތަކުގެ މައްޗަށްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިއަދަކީ ގައުމުގެ ބިނާކުރަން އާ ހިތްވަރާއި އާ ރޫހެއް ނެރެންވީ ދުވަސްކަމަށެވެ. 

ރައީސް ޑރ މުއިއްޒު ވިދާޅުވީ ޤައުމެއް ސަލާމަތްކުރުމުގައި އެންމެ މުހިންމު އެއް މަސައްކަތަކީ ރައްޔިތުން ސަލާމަތްކުރުންކަންކަމަށާއި ޤައުމެއްގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގޭ ދީނާ ޚިލާފު، ޤައުމާ ދެކޮޅު، މިނިވަންކަމަށް ނުރައްކާތެރިކަން ބޮޑު އެތައް ކަމެއް ހުންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ފިކުރީ ރާޅުތަކުން ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

" ކަސިޔާރު ފިކުރީ ރާޅުތަކުން އަޅުގަނޑުމެންގެ ޖީލުތަކުގެ ހިތްތަކާއި ވިސްނުންތައް ސަލާމަތްކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. މި ކަމުގައި ތިޔައިން ކޮންމެ ބެލެނިވެރިއެއް، ކޮންމެ މުދައްރިސެއް އަދި ކޮންމެ ރައްޔިތެއްގެ އިސްނެންގެވުމަށް އަޅުގަނޑު އިލްތިމާސްކުރަން." ގައުމީ ދުވަހު ގައުމާ މުހާތަބުކުރައްވާ ރައީސް ވިދާޅުވިއެވެ.

މި ފަދަ އޮއިވަރުތަކުގައި ޅަ ޖީލުތައް ބެހިގެންދާއިރު، އެހެން އެކަން ވާކަން އިޙްސާސްކުރެވޭނީ ވަރަށް މަދުބަޔަކަށްކަން ފާހަގަކުރައްވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ފަދަ އޮއިވަރުތަކުގައި ޤައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލާ އެކަމަށްޓަކާ އެތަނެއްގެ ޤަދަރުވެރީންނާއި ދީނުގެ ޢިލްމުވެރީންގެ އަގުވައްޓާލާކަމަށެވެ.

އިންސާނާ އެ މީހެއްގެ އުފަން ފަސްގަނޑަށްޓަކައި ފުރާނަ ދެނީ އެ ފަސްގަނޑުންވެސް އެ މީހާ ދިފާއުކޮށްދޭ ނަމަ ކަމަށާއި ދިވެހި ކާބަފައިން އެ މީހުންގެ ކަނޑުފަޅުތައް ހިމާޔަތްކުރީ އެ ސަބަބުތަކަށްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަމިއްލަވަންތަކަން ދިފާއު ނުކުރެވޭނަމަ ގައުމެއް ދިފާއެއް ނުކުރެވޭނެކަމަށެވެ. އެހެންކަމުން ގައުމު ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރަންޖެހޭނެކަން ރައީސް ފާހަގަކުރެއްވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް