ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ކޮންމެ މީހަކުވެސް އަމިއްލަވަންތަކަމަށް ލޯބި ކޮށްގެން މެނުނީ މިނިވަންކަމަށް ލޯބި ނުކުރެވޭނޭކަމަށެވެ. އަދި އަމިއްލަވަންތަކަން ދިފާއުނުކުރެވޭނަމަ، މިނިވަންކަންވެސް ދިފާއުނުކުރެވޭނޭކަމަށް ރައީސް ވިދާޅުވި އެވެ.
ކަންމިހެން އޮތް އިރު، ގައުމެއް ދިފާއުކުރުމުގައި އެ ގައުމެއްގެ އަމިއްލަވަންތަކަން ދިފާއުކުރުމަކީ ކޮންމެހެންވެސް ކުރައް ޖެހޭނޭކަމެއްކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ ތަނެއްގައި ދިރިއުޅުނުނަމަވެސް އެތަނެއްގެ ރިސޯސްތައް މަސައްކަތާއި ހުނަރުވެރިކަމުން މެނުވީ އެބައެއްގެ އަތްމައްޗަށް ނާރޭކަމަށާއި އެތަނެއްގެ ބާރާއި ނުފޫޒު އޮންނާނީ އެތަނެއްގެ ރިސޯސްތައް ކޮންޓްރޯލް ކުރާ ބައެއްގެ އަތްމަތީގައި ކަމަށެވެ.