އދ. މިދިޔަ އަހަރުން ޖޫން މަހު އެކުލަވާލި މުއާހަދާގައި ރާއްޖއިން ސޮއިކޮށްފައި މިވަނީ މި މުއާހަދާގައި ސޮއިކުރި ފުރަތަމަ 100 ގައުމުގެ ތެރޭގައެވެ.
މި މުއާހަދާގައި ރާއްޖެއިން ސޮއިކުރުމުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މި މުއާހަދާގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ. އަދި ގައުމީ އިހުތިސާސުން ބޭރުގައިވާ ތަފާތު ކަނޑުގެ ޖަނަވާރުތަކުގެ ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް މި މުއާހަދާގެ ސަބަބުން އުސޫލްތަކެއް އެކުލެވިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ލޯ އޮފް ދަ ސީ ޮން ދަ ކޮންސަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައިލޮޖިކަލް ޑައިވާސިޓީ އޮފް އޭރިއާސް ބިޔޮން ނޭޝަނަލް ކުރިކްޝަން (ބީބީއެންޖޭ) ގައި ސޮއިކުރަން ނިންމީ މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައެވެ.
ރައީސް ސާލިހް ވެރިކަމުގައި ވަޒީރުންގެ މަޖިލީހުގައި މަޖިލީހުގައި މަޝްވަރާކުރުމަށް ފަހު މި މުއާހަދާގައި ސޮައިކުރަން ރުހުން ހޯދަން މަޖިލިހަށް ފޮނުވިއެވެ. އަދި މި ސަރުކާރުންވެސް ވަޒީރުންގެ މަޖިލީހުގައި ބަހުސްކޮށް މި މުއާހަދާގެ މައްސަލަ މަޖިލިހަށް ފޮނުވިއެވެ.