އެއްބަޔަކު ކެއްކުމުގައި އަވަދިނެތި އުޅެމުންދާއިރު ބޮލީވުޑުގެ ކުޅަދާނަ ބަތަލާއިން ކަމަށްވާ ޖެކޮލިން ފެނާންޑެޒް އާއި މަދުރީ ޑިކްސިތު މިއުޅެނީ ފޮތް ކިޔުމުގައި އަވަދިނެތި އެވެ.
އެގޮތުން މަދޫރީ އާއި ޖެކޮލިން ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރި ފޮޓޯ އިން ފެނިގެންދަނީ ފޮތް ކިޔުމަށް ސޯފާގައި ހަމަޖެހިލައިގެން އިން މަންޒަރެވެ.
މަދޫރީ އެންމެ ފަހުން ފެނިގެންދިޔައީ "ކަލަންކް" އިންނެވެ. ގިނަ ކާމިޔާބު ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ މަދޫރީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ގުލާބް ގޭންގް" އާއި "ޓޯޓަލް ދަމާލް" އާއި "ދޭވްދާސް" އާއި "ހަމް އާޕްކޭ ހޭ ކޮއުން" އަދި "ދިލް ތޯ ޕާގަލް ހޭ" ހިމެނެއެވެ.
ޖެކޮލިން މަސައްކަތްކޮށްފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ކިކް" އާއި "ރޭސް 3" އާއި "ޖުޅުވާ2" އަދި "ޑިޝޫމް" ހިމެނެއެވެ.