ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ވެންޓިލޭޓަރުގައި
މުހައްމަދު އާދަމް އަހްމަދު
05 ސެޕްޓެމްބަރ 2024 - 14:16:22
މާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ޒަހަމްވި ޒުވާނާ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.
ބޮޑުތަކުރުފާނު މަގާއި ކޮއިމަލާ ހިނގުން ގުޅޭ ކަންމަތީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްގައި ޒަހަމްވީ އުމުރުން 21 އަހަރުގެ ޒުވާނަކަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ ރޭ 12:53 ހާއިރު ކަމަށާއި ޒަހަމްވި ޒުވާނާއަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ. އަނިޔާވެ ފަރުވާދެމުން އަންނަނީ ސައިކަލް ދުވަން އިން ދިވެހި ފިރިހެނަކަށެވެ.
މި އެކްސިޑެންޓްގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެ މަންޒަރުތަކަށް ބަލާއިރި އެކްސިޑެންޓު ހިނގާފައިވަނީ ޓެކްސީ ކޮއިމަލާ ހިނގުމަށް އެޅިވަގުތު ބޮޑުތަކުރުފާނު މަގުން އައި ސައިކަލެއްގައި ޖެހިގެންނެވެ. ސައިކަލްގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ކާރުގެ ދޮރުފަތްވެސް ހުރީ ބަނޑިވެފައެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް