ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ރިޒްނާއާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީ އިން ބަލަން ފެށިނަމަވެސް އެކަމުގެ ތަފްސީލެއް ޑީޖޭއޭއިން ހާމަ ނުކުރެ އެވެ.
އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބަލަން ފެށީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސްއާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.
ނަމަވެސް މިކަމާ ބެހޭގޮތުން ޖޭއެސްސީއިން މައުލޫމާތެއް ނުދެ އެވެ. އެ ކޮމިޝަނުން ބުނީ ބަލަމުންދާ މައްސަލަތަކުގައި ގޮތެއް ނިމުމުން ނޫނީ މީޑިއާއަށް މައުލޫމާތު ހާމަ ނުކުރާނެ ކަމަށެވެ.
ރިޒްނާ އިސްތިއުފާ ދެއްވައިފިކަން އިތުބާރު ކުރެވޭ މަސްދަރުތަކުން ވަނީ ޔަގީން ކުރެވިފަ އެވެ.