ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި ދެ މީހުން އެގެއަށް ވަދެފައިވަނީ ފާހާނާގެ ފެންލައިޓުންކަމަށެވެ. އަދި މި ދެމީހުން ފެންލައިންޓުން ގޭތެރެއަށް ވަދެ އެގޭގެ ކޮޓަރިއެއްގައި ނިދާފައި ތިބި ދެމީހެއްގެ ކަރުގައި ވަޅި ޖައްސާ ފޭރިފައިވާކަަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ދެމީހުންގެ އެގެއަށް ވަދެފައިވަނީ އިއްޔެރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ، އަދި ފޭރުމަށްފަހު މި ދެމީހުން ފިލައިގެން ދިޔައީ ފާހާނާއަށް ވަދެ އެތަނުގެ ދޮރު އެތެރެއިން ތަޅުލުމަށްފަހު ފެންލައިޓުން ބޭރަށް ފުންމާލައިގެންކަމަށެވެ.
މި ދެމީހުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާކަމަށާއި އެމީހުން ފޭރިގަނެގެން ގެންދިޔަ މޯބައިލް ފޯނާއި ލެޕްޓޮޕްވެސް ހޯދާފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި އެގެއިން ވަގަށް ނެގި އެހެންތަކެތިވެސް އެމީހުން އަތުން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.