ads
ބަންކަރިން ހިދުމަތަށް އެމްޕީއެލް ދެމުން ގެންދާ ބައެއް ހިދުމަތްތައް
ބަންކަރިންއަށް ކައިރިކުރާ ބޯޓުތަކަށް އެމްޕީއެލް އިން ކޮށްތު ބަރުކޮށްދީ މެއިންޓަނަންސް ދެނީ
ބަންކަރިންނަށް ކައިރިކުރާ ބޯޓުތަކަށް ކެއުމާއި، ބުއިން، އަދި މެއިންޓަނަންސް ގެ ހިދުމަތް ދޭން އެމްޕީއެލް އިން ނިންމައިފި އެވެ.
Advertisement

އިހަވަންދިއްޕޮޅުގައި ބައިނަލް އަގްވާމީ ބަންކަރިން ހިދުމަތް މިމަހުގެ 12 ވަނަ ދުވަހު ފަށާނެކަމަށް އިގްތިސާދާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވަނީ އިއުލާންކުރައްވާފަ އެވެ. ބަންކަރިންގެ ހިދުމަތް ފެށުމަށް އެސްޓީއޯ އިން ގެންނަ ދެ ބޯޓު މިމަހުގެ އަށް ވަނަ ދުވަހު، ރާއްޖެ އަންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ބަންކަރިންނަށް އަންނަ ބޯޓުތައްކަށް ތެޔޮ ފޯރުކޮށް ދިނުމުގެ ހިދުމަތް ފިޔަވައި ދެން ދޭނ ޖެހޭ ހުރިހާ ހިދުމަތެއްވެސް ފޯރުކޮށްދޭނީ އެމްޕީއެލް އިންކަމަށް އެ ކުންޔުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހީމް ވިދާޅުވި އެވެ.

your imageލ. ބަނދަރުގެ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުމުގެ ތެރެއިން ވަޖީހު މައުލޫމާތު ދެެއްވަނީ 

ބަންކަރިންގެ ހިދުމަތާއި ގުޅޭގޮތުން ވަޖީހު ވިދާޅުވީ އެ ހިދުމަތް ދިނުމަށް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެކަމަށާއި އެހެން ކަމުން އެ ހިދުމަތް ފޯރުކޮށް ދިނުމަށް ހާއްސަ އިމާރާތެއް ހއ. އުލިގަމުގައި ހުޅުވުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި އެތަނުގައި ސަރުކާރުގެ މުއައްސަސާތައްވެސް ގާއިމްވެ ތިބޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންކަރިންއަށް އަންނަ ބޯޓުތަކަށް އެމްޕީއެލް އިން ދޭ ހިދުމަތްތައް؛

  • ބަންކަރިން ސާވިސް
  • ފައިލޮޓޭޖް ސާވިސް
  • ކްރޫން ބަދަލުކުރުން
  • ޝިޕް ޓު ޝިޕް ކާގޯ ޓްރާންސްޕޯޓްގެ ހިދުމަތް
  • ސާފު ފެން ފޯރުކޮށްދިނުން
  • ކާބޯތަކެއްޗާއި ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދިނުން
  • މެއިންޓަނަންސްގެ ހިދުމަތް ފޯރުކޮށްދިނުން
  • ހައިޑްރޯލިކް ލުބްރިކޭންޓް ތެޔޮ ފޯރުކޮށްދިނުން
  • އަންޑަރ ވޯޓާގެ ހިދުމަތް
  • ޓަގްގެ ހިދުމަތް
  • ރެސްކިއުގެ ހިދުމަތް
  • ރިޝެޕްސަންސް ސާވިސް

ވަޖީހު ވިދާޅުވީ އެސްޓީއޯ އިން ބަންކަރިންގެ ހިދުމަތް ފަށައިފި ނަމަ، ދެން ދޭންޖެހޭ ހުރިހާ ހިދުމަތެއް އެމްޕީއެލް އިން ދޭނޭ ކަމަށާއި އޭގެ ތެރޭގައި ބޯޓަށް ދޭ ތެލުގެ ހިދުމަތުގެ އިތުރުން މެއިންޓަނަންސް ހިދުމަތާއި، އަދި ބޭނުންވާ އެހެނިހެން ހިދުމަތްތައް، ފެނާއި ކާބޯތަކެތި ފޯރުކޮށްދިނުން ފަދަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޕީއެލް އޮތީ ތައްޔާރަށް ކަމަށެވެ.

މި ހިދުމަތާއި ގުޅުވައިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވެފައިވަނީ ގުޅި ލާމެހިފައިވާ  ދުނިޔެ އެއްގައި، ރާއްޖެ އުފެދިފައި މިވަނީ، މެރިޓައިމް ދާއިރާއިން   ބޮޑެތި ނަފާ ތަކެއް ގައުމަށް ހޯދާ ދެވިދާނެ ފަދަ މުހިންމު ލޮކޭޝަނެއްގައި ކަން އެންމެންވެސް ގަބޫލު ކުރާކަމަށާއި އެހެނަސް ހިތާމަޔަކީ މިބޮޑު މަންފަޢަ މިހާތަނަށް އެއްވެސް ސަރުކާރަކަށް   ގައުމަށް ހޯދާ ދެވިފައި ނެތްކަމަށެވެ.

އަނަރޫފަ ވެފައިވާ ރާއްޖޭގެ އިގުތިސާދު، ދިރުވައި ކޮޅަށް ޖެއްސެވުމަށްޓަކައި، ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ވެރިކަން ފެށްޓެވުމާއެކު އެމަނިކުފާނު ފެށްޓެވި މަސައްކަތް ޕުޅު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއިން ދެވޭ ހިދުމަތްތައް ފުޅާ ކުރައްވައި އިގުތިސާދީ ގޮތުން ގައުމަށް ބޮޑު މަންފަޢަ ތަކެއް މިދާއިރާއިން ހޯއްދަވާ ދެއްވުމުގެ މަސައްކަތް ޕުޅު ތައްކަމަށް ވަޖީހު ވިދާޅުވި އެވެ.

އެގޮތުން އެމްޕީއެލް އިން ލައުންޗް ކޮށްފައިވާ "އުތުރު މެރިޓައިމް ސާވިސަސް" (ums.mv) ވެބުސައިޓަކީ، ރާއްޖޭގެ އުތުރުގައި ހިންގުމަށް ތައްޔާރު ވަމުންދާ  މެރިޓައިމް ހިދުމަތްތަކާއި ބެހޭ މައުލޫމާތު ސާފު ކޮށްދޭ ވެބު ސައިޓެއްކަމަށާއި މި ހިދުމަތް ތައް ފުޅާ ވަމުންދާ ވަރަކަށް، އެމައުލޫމާތު ތައް ވެބުސައިޓު ގައި އަޕުޑޭޓު ކުރެވެ މުން ގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގުޅި ލާމެހިފައިވާ ދުނިޔެ އެއްގައި، ރާއްޖެ އުފެދިފައި މިވަނީ، މެރިޓައިމް ދާއިރާއިން ބޮޑެތި ނަފާ ތަކެއް ގައުމަށް ހޯދާ ދެވިދާނެ ފަދަ މުހިންމު ލޮކޭޝަނެއްގައި ކަން އެންމެންވެސް ގަބޫލު ކުރޭ. އެހެނަސް ހިތާމަޔަކީ މިބޮޑު މަންފައަށް މިހާތަނަށް އެއްވެސް ސަރުކާރަކަށް ގައުމަށް ހޯދާ ދެވިފައި ނެތުން. އަނަރޫފަ ވެފައިވާ ރާއްޖޭގެ އިގުތިސާދު، ދިރުވައި ކޮޅަށް ޖެއްސެވުމަށްޓަކައި، ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ވެރިކަން ފެށްޓެވުމާއެކު އެމަނިކުފާނު ފެށްޓެވި މަސައްކަތް ޕުޅު ތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއިން ދެވޭ ޚިދުމަތްތައް ފުޅާ ކުރައްވައި އިގުތިސާދީ ގޮތުން ގައުމަށް ބޮޑު މަންފަޢަ ތަކެއް މިދާއިރާއިން ހޯއްދަވާ ދެއްވުމުގެ މަސައްކަތް ޕުޅު ތައް."

އިހަވަންދިއްޕޮޅުގެ ރަށްތަކާއި ކައިރިން، ކޮންމެ 24 ގަޑި އިރަކުން ދުނިޔޭގެ އެކި ގައުމު ތަކުގެ 250 ވަރަކަށް ބޮޑެތި ކާގޯ ބޯޓު ދަތުރު ކުރަމުންދާ އިރު، އަމާޒަކީ، މިބޯޓު ތަކަށް ބެއިނުންވާ އެކި އެކި ހިދުމަތްތައް ފޯރު ކޮށްދޭނެ އިންތިޒާމް ތައް ހަމަ ޖެއްސައި ދިނުންކަމަށް ވަޖީހު ވިދާޅުވި އެވެ.

އަދި ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކާގޯ ބޯޓު ފަހަރަށް ފޯރު ކޮށްދޭ މިފަދަ ހިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ހިދުމަތް، ފޯރު ކޮށް ދިނުމަށްޓަކައި އެމްޕީއެލް އިން ދަނީ ތައްޔާރު ވަމުންކަމަށާއި އެކަންތައްތަކުގެ މައުލޫމާތު ޔޫއެމްއެސް ވެބުސައިޓުގައި ހިމެނިފައިވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ އެމްޕީއެލްއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން ތެލުގެ ހިދުމަތް ފިޔަވައި އެހެން ހުރިހާ ހިދުމަތްތަކެއް ފޯރު ކޮށްދޭނީ އެމްޕީއެލް އިނަ ކަމަށާއި ތެލުގެ ހިދުމަތް ފޯރު ކޮށްދޭނީ އެސްޓީއޯ އިންކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ، މެރިޓައިމް ދާއިރާ އިން، މިފެށޭ ހިދުމަތް ތަކުން، ކައިރި މުސްތަގުބަލެއްގެ ތެރޭ، އަޅުގަޑުމެންގެ ގައުމަށް، ގައުމުގެ އިގުތިސާދަށް ހެޔޮ މަންފާ ތަކެއް ކުރަން ފަށާނެ. މިއީ 24 ގަޑި އިރުގެ އޮޕަރޭޝަނަކަށް ވާއިރު، މިހިދުމަތް ދޭނެ މުވައްޒަފުން މިކަމަށް އަހުލުވެރިކުރުވައި، މިކަމަށް ބެއިނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް އަޅުގަޑުމެން މިދަނީ ކުރަމުން."

އަދި މިއީ އިންޓަރނޭޝަލަލް މާކެޓަށް  ދެވޭ ހޮދުމަތް ތަކަކަށް ވާއިރު، ކޮމްޕެޓިޓިވު މާކެޓެއްގެ ތެރެއިން، އެޓުރެކްޓިވް ހިދުމަތް ތަކެއް ފޯރު ކޮށްދީ، ރަގަޅު މާކެޓް ޝެއާރ އެއް ރާއްޖެ އަށް ހޯދުމަކީ އަމާޒުކަމަށާއި މި ހިދުމަތްތަކާއި ބެހޭ މައުލޫމާތު، އެމްޕީއެލް ގެ (ums.mv) ވެބު ސައިޓުން މިހާރު ލިބިވަޑައި ގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް