ކޮމިޝަނަނަރު ނިންމެވީ އެކްސްކޯގެ ދައުރު ހަމަވެފައިވާ ބީއޭއެމްގެ ހިންގުން ސްޕޯޓްސް ކައުންސިލާ ކުރުމަށެވެ. އެ ނިންމުމަށް ޗެލެންޖުކޮށް، އެސޯސިއޭޝަނުން ދިޔައީ ކޯޓަށެވެ.
މައްސަލައިގައި ބީއޭއެމުން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި، ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަނުން، ތޮލާލްގެ އެ ނިންމުން ބަދަލުކުރުމަށް އެދި ފޮނުވި ސިޓީގެ ކޮޕީއެއް ވެސް ހިމެނެ އެވެ. ތޮލާލްގެ ނިންމުން މުރާޖައާ ކުރުމަށް ދަންނަވައި ދިނުމަށް ބީޑަބްލިއުއެފުން އޮލިމްޕިކް ކޮމިޓީގެ ކިބައިން އެދިފައިވެ އެވެ.
ބީއޭއެމްގެ އެކްސްކޯގެ ދައުރު ހަމަވީ، މާޗް މަހު އެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތައް ކޯޓާ ހިސާބަށް ދިޔައިރު، އޭސީސީންވެސް އަންނަނީ އެ އެސޯސިއޭޝަންގެ މައްސަލަތަކެއް ބަލަމުންނެވެ.