ads
އެކްސިޑެންޓްވި ސައިލަލް. ސައިކަލް އޮތީ ވަރަށް ދުރަށް ވިއްސައިގެން ގޮސްފައި. ފޮޓޯ: ސީއެންއެމް
ހުޅުމާލޭގައި ސްޕޯޓްސް ކާރަކުން ޖެހި މީހަކު މަރުވެއްޖެ
ހުޅުމާލޭގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ކާރަކުން ޖެހި މީހަކު މަރުވެއްޖެއެވެ.
Advertisement

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ސައިކަލެއްގައި ޖެހިގެންނެވެ. 

ރޭ ދަންވަރު ހިނގި މި އެކްސިޑެންޓްގައި މަރުވެފައިވަނީ ސައިކަލް ދުއްވަން އިން މީހާއެވެ. މި އެކްސިޑެންޓްގައި އަނިޔާވި މިހާ މަރުވެފައިވަނީ އެކްސިޑެންޓް ހިނގުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. 

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ އުރިދޫ އޮފީސް އިމާރާތް ހުންނަ ސަރަހައްދުގެވެ. މި ސަރަހައްދުގެ ޓްރެފިކް ފްލޯއަށް އެޗްޑީސީން ދާދި ފަހުން ބަދަލު ގެންސެ އެ ސަރަހައްދަކީ އެއްކޮޅަށް ދުއްވާ ސަރަހައްދަކަށް ވަނީ ހަދާފައެވެ.

އެކްސިޑެންޓް ހިނގީ މި ސަރަހައްދަށް ނުބައިކޮޅު ވަދަގެން ބާރަށް ދުއްވާަައި ދަނިކޮށްކަމަށް ބައެއް މީހުން ބުނެއެވެ.

your imageއެކްސިޑެންޓްވި ކާރުގެ ކުރީކޮޅު ވަނީ ފުނޑިފައި. ފޮޓޯ: ސީއެންއެމް

މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ނުބުނެއެވެ.  

އިއްޔެ މާލޭގައިވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓްގައި ޒަހަމްވި 21 އަހަރުގެ ދިވެހި ޒުވާނާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް