ads
އެކްސިޑެންޓްވި ކާރުގެ ކުރީކޮޅު ވަނީ ފުނޑިފައި. ފޮޓޯ: ސީއެންއެމް
ބާރަށް ދުއްވާ މީހުނަށް ފިޔަވަޅު އަޅަން އަންގައިފިން: މުއިއްޒު
ބާރު ސްޕީޑްގައި ވެހިކަލް ދުއްވާ މީހުނަށް ފިޔަވަޅު އަޅަން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކަށް އަންގަވާފައިވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓެްްގައި ޒުވާނަކި ނިޔާވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ރޭގެ އެކްސިޑެންޓްގައި ނިޔާވީ ލ. އިސްދޫ ،ބީޗްހައުސް އުުމުރުން 23 އަހަރުގެ ހަސަން ސަމާހްއެވެ. އޭނާ ނިޔާވީ އެކްސިޑެންޓް ވުމުން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. 

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓަށް އިޝާރަތްކުރައްވާ  ރައީސް މުއިއްޒު ވިދާޅުވީ މިފަދަ ހިތާމަވެރި ހާދިސާތައް ހިނގުން ހުއްޓުވުމަކީ އެކަމުގައި ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލެއްވުން ބޭނުންވާ ކަމެއްކަމަށެވެ.

ނުރައްކާތެރިކޮށް ބާރު ސްޕީޑުގައި ދުއްވާ ދުއްވުންތައް ހުއްޓުވައި، މާލެއާއި ރާއްޖޭގެ އެހެނިހެން ރަށްރަށުގެ މަގުތަކަކީ އެންމެންނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށްޓަކާ ސަރުކާރުން ކުރަންޖެހޭ އެންމެހާ ކަންކަން މިސަރުކާރުން ކުރާނެކަމުގެ ޔަޤީންކަން ހުރިހާ ރައްޔިތުންނަށް ދެއްވާކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް މިހާރުވާނީ އަންގާފައި." އެކްސްގައި ރައީސް ކުރެއްވި ޕޯސްޓަގައިވެއެވެ.

ރޭގެ އެކްސިޑެންޓްގައި ނިޔާވި ސަމާހުގެ އާއިލާއަށް ރައީސް މުއިއްޒު ވަނީ ތައުޒިޔާ ފޮނުއްވައިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް