މަގުމަތީގެ ރައްކާތެރިކަމަށް ހަރަުކަށި ފިޔަަވަޅުތަކެެއް އަޅާ އެކަންކަން ތަންފީޒުކުރަން އެންގެވިކަން ރައީސް ޑރ. މުއިއްޒު އިއުލާން މި ކުރެއްވީ އިއްޔެ ހުޅުމާލޭގައި ހިނގި ނުރައްކާތެރު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވި ހާދިސާއަށް ފަހުއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުމަތޫގެ ރައްކާތެރިކަމަށް އަށް ފިޔަވަޅެއް އަޅަން ނިންމާ އެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް މިއަދު އަންގާފައިވާކަމަށެވެ. އަދި މި ފިޔަވަޅުތައް އެޅެމުންދާ ގޮތާއި އޭގެ ނަތީޖާ ރަނގަޅަށް މޮނިޓަރ ކުރެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި ރޭސިން އަދި ޑްރިފްޓިންނަށް ހުޅުމާލެއިން ވަކި ސަރަހަދެއް ބޭނުންކުރަމަށް ދީފައިވާ ހުއްދަ ބާތިލުކުރަން ވަނީ އަންގާފައެވެ. ރޭސިން އަދި ޑްރިފްޓިންނަށް ހުޅުމާލެއިން ވަކި ސަރަހަދެއް އެޗްޑީސީން ދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 19 ވަނަދުވަހުއެވެ.
އަޅަން ނިންމި ފިޔަވަޅުތައް
ހުޅުމާލޭގައި އިއްޔެ ހިނގި އެކްސިޑެންޓްގައި ކާރު ދުއްވަން އިން މިހާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ވަނީ ޖަހާފައެވެ. އަދި ކާރު ދުއްވަން އިން ޒުވާނާއަކީ ލައިންސަންސް ނެތް މީހެެއްކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އިއްޔެ ރޭ ދަންވަރު ހިނގި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި އޭގެ ތަފްސީލެއް އަދި ފުލުހުން އާއްމެއް ނުކުރެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;