ވިދިވިދިގެން ފަސްވަނަ ފަހަރު، ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ދީމާ ހޯދިއިރު، ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދާފައިވަނީ އަހްޔާރު އަހްމަދު ހާލިދުއެވެ.
ދީމާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އައިޝަތު ރަފާ ނާޒިމް ސީދާ ހަތަރު ސެޓުން ބަލިކޮށްގެންނެވެ. އެއީ 11-8، 12-10، 11-3 އަދި 11-8 އިންނެވެ. ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން އަހްޔާރު ހޯދީ ފައިނަލުގައި ގައުމީ ތަށި 11 ފަހަރު ހޯދާފައިވާ މޫސާ މުންސިފް އަޙްމަދު، ބަލިކޮށްގެންނެވެ.
ގައުމީ މުބާރާތުގެ ސިންގަލްސް އިވެންޓުތަކުގެ ޗެމްޕިއަންކަން ދީމާ އާއި އަހްޔާރު ހޯދިއިރު، އެއް ޕެއާއަކަށް ކުޅެގެން 19 އަހަރުން ދަށުގެ މިކްސް ޑަބަލްސްގެ ޗެމްޕިއަން ހޯދާފައެވެ.