ނޭޝަންސް ލީގުގައި ފްރާންސް އަތުން އިޓަލީ ރޭ މޮޅުވީ ތިން ލަނޑު އެއް ލަނޑުންނެވެ. މި މެޗުގައި މިހާރު އާސެނަލްއަށް ކުޅޭ ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީއަށް އަނިޔާވެ ބަދަލު ކުރަން ޖެހުނެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ކުޅުނު ކަލަފިއޯރީ ޔޫރޯ ނިންމާފައި ރާއްޖެ އައިސްހުރެ އޭނާގެ ކްލަބު ބަދަލު ކުރީ އާސެނަލްއަށެވެ. އާސެނަލްއާއެކު މިއީ އޭނާގެ ފުރަތަމަ ސީޒަންއެވެ.
ގްރޫޕް ދޭއްގައި، ކުޅުނު އަނެއް މެޗުން ބެލްޖިއަމުން ވަނީ 3-1 އިން އިޒްރޭލް ބަލިކޮށްފަ އެވެ. މި މެޗުގައި، ބެލްޖިއަމްގެ ކެޕްޓަން، ކެވިން ޑި ބްރޭނާ ދެ ގޯލު ޖެހިއިރު، އަނެއް ލަނޑު ޖެހީ ޔޫރީ ޓީލަމަންސް އެވެ. އިޒްރޭލުގެ ގޯލަކީ، ބެލްޖިއަމްގެ ޓިމޮތީ ކަސްޓާންޏާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.