އުރީދޫ މޯލްޑިވްސްގެ 19 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަހަރު މަސްރޭސް ވަނީ އިތުރަށް ކުލަގަދަކޮށް ޅ. ނައިފަރުގެ އިތުރުން ކ. ހިންމަފުށި އަދި ގދ. ތިނަދޫގައި ބާއްވާފަ އެވެ.
ޅ. ނައިފަރުން މަސްރޭހަށް ރެޖިސްޓަރ ކުރި 18 ޓީމާއެކު ނައިފަރުގައި މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ އިއްޔެ އެވެ. ޓީމްތަކުގެ މެދުގައި ވާދަވެރި މަސްވެރިކަމަކަށް ފަހު، ޗެމްޕިއަން ޓީމަށާއި އެހެނިހެން ވަނަތައް ހޯދި ޓިމުތަކަށާއި މަސްވެރިންނަށް ވަނީ ހާއްސަ ގިނަ އެވޯޑުތަކެއް ދީފަ އެވެ.
އުރީދޫ މަސްރޭސް ނައިފަރު އެޑިޝަން
މުބާރާތުން ވަނަތައް ހޯދި ޓީމްތަކާއި މަސްވެރިން:
އުރީދޫ މޯލްޑިވްސް ޓީމުން އަދި މަސްރޭސްގެ ޕާޓްނަރުންގެ ފަރާތުން ހިންމަފުށީގައި ކުރިއަށް ދިޔަ މަސްރޭހުން ވަނަތައް ހޯދި ފަރާތްތަކަށް ވަނީ މަރުހަބާ ކިޔާފަ އެވެ.
އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.