އަންހެނުންގެ ލޯންގް ޖަމްޕުގެ ގައުމީ ރިކޯޑު ޝައިމް މުގުރާލީ 33 ވަނަ ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައެވެ. ޝައިމް މި ރިކޯޑު މުގުރާލީ 5.20 މީޓަރު ދުރަށް ފުންމައިގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮތީ މަރިޔަމް ރޫޔާ އަލީގެ އަތުގައެވެ. އެއީ މީގެ ދެ އަހަރު ކުރިން ބޭއްވި ގައުމީ ގްރޯން ޕްރީ މުބާރާތުގައި 5.19 މީޓަރު ދުރަށް ފުންމައިގެންނެވެ. ރޫޔާގެ ރިކޯޑު ޝައިމް މުގުރާލިއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ އިންޓަރ ސްކޫލް އެތުލެޓިކްސް މީޓުގެ 19 އަހަރުން ދަށުގެ އަންހެން ހައި ޖަމްޕް އިވެންޓުގައި ވާދަކޮށް، އެ ރިކޯޑު މުގުރާލާފައެވެ.
އަންހެން ލޯންގް ޖަމްޕް އިވެންޓުން ރިހި މެޑަލް ހޯދި ޝަރީފް ސްޕޯޓްސްގެ ރިފާ މުޙައްމަދު ފުންމާފައިވަނީ 4.88 މީޓަރަށެވެ. އަދި ލޯ މެޑަލް ހޯދި އައިޝަތު ސަބާ ސަލީމް ފުންމާފައިވަނީ 4.64 މީޓަރަށެވެ.