މަދޫރީ ކިޔާދިން ގޮތުގައި 90 ގެ އަހަރުތަކުގައި ފިލްމު ކުޅެއް އުޅުނު އިރު، އާމިރު އަކީ އަބަދުވެސް މީހަކަށް ލަނޑު ދިނުމުގައި ފާހަގަ ކުރެވޭ ތަރިއެއް ކަމަށާއި އޭނާ ވަނީ މަދޫރީ އަސް ވެސް ލަނޑު ދީފަ ކަމަށެވެ.
އެގޮތުން ދެ ތަރިން އެއްކޮށް ފިލްމް ދިލް އަށް ޝޫޓް ކުރަން އުޅުމުގެ ތެރޭގައި އެއް ދުވަހަކު އާމިރު މަދޫރީ ކައިރީގައި އޭނާގެ އަތް ދިނުމަށް އެދުނު ކަމަށް މަދޫރީ ބުންޏެވެ. އަތް ކިޔަން އެނގޭ މީހަކަށް ވެގެން ހުރެ އާމިރު އޭނާ ކައިރީ އެދުވަހު އޭނާ އަށް މީހަކު ބޮޑު ލަނޑެއް ދޭނެ ކަމަށް ބުނިކަމަށް މަދޫރީ ބުނެއެވެ.
މަދޫރީ އާމިރުގެ ވާހަހަކަތައް އަޑު އަހަން ހުރި ގަޑީގައި އެދުވަހު އޭނާ އަށް ލަނޑު ދިނީ އާމިރު އެވެ. އާމިރު އޭނާ ގެ އަތް ކިޔަން ހުރެފައި އަތަށް ކުޅު ޖެހީއެވެ. މިކަމާ ރުޅި އައިސްގެން މަދޫރީ ހޮކީ ސްޓިކެއް ހިފައިގެން އާމިރުގެ ފަހަތުން ދުއްވައިގަތެވެ.
އާމިރު ހާން އާއި މަދޫރީ އަކީ ނުވަދިހަ އިގެ އަހަރު ތަކުގައި ވިދާލި ދެ ތަރިންނެވެ. ގާތް ގުޅުމެއް އޮންނަ މި ދެ ރަހުމަތް ތެރިން ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއް ފިލްމަކީ ދީވާނާ މުޖް ސާ ނެހީ އެވެ.