ads
ފުލުހުން މަގުމަތި ބަލަހައްޓަނީ
ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ނައްތާލަން ގެންދިޔަ ވެހިކަލްތަކެއް!
ޕޮލިސް ޓޯޔާޑުގައި ހުރި، ވެހިކަލްތަކަކަށް ފުލުހުން ގެއްލުންގޭ މައްޒަރު ކަމަށް ބުނެ، ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަ ވެހިކަލް ތަކަކީ ނައްތާލަން ގެންފިޔަ ވެހިކަލްތަކެއް ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

މާލޭ މޭރީ ބްރައުން ކައިރީގައި ހުންނަ ފުލުހުންގެ ޓޯޔާޑަށް ގެންދިޔަ ސައިކަލް ތަކެއް ޕިކަޕަކުން ބާލުވާ މަންޒަރު، ފެންނަ ވީޑިއޯއެއް ސޯސަލް މީޑިއާގައި ދަނީ ދަައުރުވަމުންނެވެ.

ޕިކަޕަށް އަރުވާފަހުރި ސައިސަލެއްގައި ފުލުހުންގެ އޮފިސަރަކު ފައިން ޖަހައި ސައިކަލެއް ބިންމައްޗަށް ވައްޓާލާ މަންޒަރު އެ ވީޑިއޯއިންް ފެނެ އެވެ. އާންމުންގެ ގިނަ ބަޔަކު އަންނަނީ މި ވީޑިއޯ ސެއަރ ކޮށް ފުލުހުންގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ނަމަވެސް ސޯސަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއާއި ގުޅިގެން، ފުލުހުންގެ ބަސް އިއްވާފައިވާއިރު، ފުލުހުން ބުނެފައިވަނީ އެ ވީޑިއޯއިން ފެން އެ އުޅަނދުތަކަކީ ހުކުރު ދުވަހު ގަވައިދުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ދެންދާ މަންޒަރު ފެންނަ ވީޑިއޯއެއްކަމަށެވެ.

އަދި މިއާއި އެކު ނައްތާލެވުނު އުޅަނދުތަކުގެ ތަފްސީލުވެސް ފުލުހުން ހިއްސާކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 247 ސައިކަލާއި، ހަތަރު ފުރޮޅުލީ 29 ވެހިކަލާއި، 223 ބައިސްކަލާއި އަދި އެއް އެމްބިއުލާން އެވެ.

ފުލުހުން ޓޯކުރާ އުޅަނދުތަކަށް ގެއްލުންވުމުގެ މައްސަލަތައް ފެންމަތިވެ، މީގެ ކުރިން ވެސް މީހުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯކުރުމުގެ މަސައްކަތްތައް މިފަހުން ފުލުހުން ވަނީ އިތުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް