ads
އިބާދުﷲ އަދި ފަސޫހާ؛ ފޮޓޯ ސިޑިބަރި
މޮޅު އެތްލީޓުންނަށް އިބާދުﷲ އަދި ފަސޫހާ
ގައުމީ އެތުލެތިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު އިބާދުﷲ އާދަމް އާއި ފަސޫހާ އަހުމަދު ހޯދައިފި އެވެ.
Advertisement

ގައުމީ މުބާރާތުގައި ފަސޫހާ ވަނީ ތިން އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. އެއީ، 400 މީޓަރު، 800 މީޓަރު އަދި 1500 މީޓަރު އެވެ. މީގެ ތެރެއިން، 1500 މީޓަރުގެ ރޭސް ފަސޫހާ ނިންމީ ގައުމީ ރެކޯޑެއް މުގުރާލައިގެންނެވެ. އަދި 800 މީޓަރު ރޭސް ނިންމީ މީޓް ރެކޯޑަކާ އެކު އެވެ.

އެންމެ ފަހުން ބޭއްވި ގައުމީ ފަސް މުބާރާތުގައި ވެސް އެއް ވަނަ ހޯދި، ހަސަން ސާއިދު އަތުން، 100 މީޓަރު ދުވުމުގައި ކުރިހޯދި އިބާދުﷲ މޮޅު އެތުލީޓުގެ މަގާމު ހޯދީ 200 މީޓަރު ރޭހުން ވެސް ރަން މެޑަލް ހޯދައިގެންނެވެ. މިއީ، 2013 ވަނަ އަހަރުގެ ފަހުން، ގައުމީ މުބާރާތުގެ 100 މީޓަރުގެ ރޭސް ސާއިދު ނޫން ދުވުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ.

ގައުމީ އެތުލެތިކްސް މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ފުރަތަމަ ފަހަރަށް، މި ދެ އެތްލީޓުން ހޯދިއިރު، ފަސޫހާ މި ވަނީ މިދިޔަ ނުވަ މަސް ތެރޭގައި ތިން މުބާރާތެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެއީ، މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ އާއި މި އަހަރުގެ އެސޯސިއޭޝަން ކަޕާއި މި އަހަރުގެ ގައުމީ މުބާރާތުގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް