ads
އެކްސިޑެންޓްވި ސައިލަލް. ސައިކަލް އޮތީ ވަރަށް ދުރަށް ވިއްސައިގެން ގޮސްފައި. ފޮޓޯ: ސީއެންއެމް
އެކްސިޑެންޓްތައް މަދުކުރެވޭނީ ފަރުދީ ޒިންމާވެސް އަދާކޮށްގެން
މަގުތައް ކިތަންމެ ތަނަވަސްވެފައި ކިތަންމެ ހަރުކަށި ގަވައިދުތަކެއް ހެދިފައި ހުރި ނަމަވެސް، އެހެންމީހުންނަށް ބަލާލުމެއްނެތި ބާރު ސްޕީޑުގައި ދުއްވާނަމަ، މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ގެއްލި ނާމާނަތަނަކަށް ބަދަލުވެގެންދެ އެވެ.
Advertisement

ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވާމީހުންނަށް އެމީހުންގެ ހިތަކަށް މަގުތައް ލިބިފައިވާކަމަށް ހީވިނަމަވެސް، އެއީ އަކީ މުޅިއެކުން ރަނގަޅު ހީއަކަށް ނުވެ އެވެ. މަގުތަކުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންގެ އެ ވިސްނުން މިހާރުންމިހާރަށް ވެސް ބަދަލުކުރަން ޖެހެ އެވެ.

މަގުތަކަކީ ހަމަ އެކަނި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް އޮންނަ ތަނެއް ނޫނެވެ. މަގުތަކަކީ ތިމާއާއި އެހެން މިހުންވެސް ބޭނުންކުރަން އޮންނަ އެންމެންގެ ތަނެކެވެ. ކިތެންމެ ފުޅާ އަދި ދިގު މަގެއް ނަމަވެސް އެމަގުތަކުގައި ހިތުހުރި ވަރަކަށް ބާރު ސްޕީޑުގައި ވެހިކަލްގެ ސްޕިޑް މުއްގަނޑު ފެލާފަ ދުއްވާކައް ނުޖެހެ އެވެ. އެވަރު ނުކުރިޔަސް ތިމާ ދާން ބޭނުންވާ މަންޒިލަކަށް ދެވޭނެ އެވެ. އެހެނީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ނުދެވޭނެ ވަރުގެ ދުރުތަނެއް ހުޅުމާލޭގައި ވެސް އަދި މާލޭގައިވެސް އޮންނާނެ ކަމަކަށް ގަބޫލެއްނުކުރެވެ އެވެ. ކަންމިހެން އޮތްއިރު، މުއްގަނޑަށް ފެލާލާފައި ބާރު ވައިރޯޅިއެއްހެން ފައިބައިގެން ދިއުމީކަކީ ކޮންމެހެން ކުރަން ޖެހޭކަމެއްނޫނެވެ.

ހުޅުމާލޭގައި ހިނގާ ގިނަ އެކްސިޑެންޓްތަކުގެ އެންމެ ބޮޑު ތުހުމަތެއް އަބަދުވެސް އަމާޒުވާ ބަޔަކީ ރޭސް ޖަހާމީހުންނަށެވެ. ހިނގާ ކޮންމެ އެކްސިޑެންޓް އަކާއި ގުޅުވައި ތުހުމަތުގެ އިނގިލިތައް އަމާޒުވަމުން އަންނަ ބަޔަކީ ހުޅުމާލޭގައި ރޭސްޖަހާ މީހުންނެވެ. ކަންމިހެން އޮތް ނަމަވެސް އެމީހުން އެކަން ކުރަމުން އަންނަނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ މަތިން ވަކި ގަޑިތަކެއްގައި ވަކި ދުވަސްވަރެއްގައި ކަމަށް ބުނާއިރު، އާންމުން އުޅޭ މަގުތަކުގައި ރޭސް ޖެހުން އޮންނަނީ ވެސް މަނާ ކޮށްފަވެއެވެ.

your imageމިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ދަރުބާރުގެ ކައިރީގައި ސައިކަލަކާއި ކާރެއް ޖެހި ހިނގި އެކްސިޑެންޓުގައި އެ ދެ އުޅަނދަށް ގެއްލުން ލިބިފައި: ސައިކަލު ދުއްވަން އިން ޒުވާނާ ވަނީ މަރުވެފައި

ހުޅުމާލޭގައި އެންމެ ފަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސްކާރަކުން ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެއް ހިގައި 23 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. މި ހާދިސާއާއި ގުޅިގެން މުޅި ގައުމު ހިތާމައިގައި ވަނިކޮށް އަނެއްކާވެސް އިވުނީ އިތުރު ޒުވާނެއްގެ މަރުގެ ހަބަރެވެ. އެއީ މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކަސިޑެންޓުގައި އަނިޔާވި ޒުވާނާއެވެ. 21 އަހަރުގެ އެ ޒުވާނާ މަރުވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ބާރު ސްޕީޑުގައި ވެހިކަލް ދުއްވުމުން ކުރިމަތިވާ މިފަދަ ހިތާމައިވެރި އެތަކެއް ހާދިސާތަކެއް ކުރިމަތިވަމުން އަންނައިރު، މިފަދަ ހާދިސާތައް މަދުކުރުމަށް އެކިއެކި ކަމާބެހޭ ވުޒާރާތަކުންނާއި އާންމުން ދަނީ ގޮވާލަމުންނެވެ. އަދި އަޅުގަނޑުމެންގެ ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ މިކަމާއި ހިތާމަފައުޅު ކުރައްވާ، މިފަދަ ހިތާމަވެރި ހާދިސާތަކާއި ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވުމަށްވެސް ނިންމަވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ހުޅުމާލޭން ރޭސިން އަދި ޑްރިފްޓިންއަށް ދީފައިވާ ހުއްދަ ބާތިލުކޮށް މަގުމަތީގެ ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާ އެކަން ތަންފީޒުކުރުމަށް ވެސް އަންގާފައެވެ. ރައީސްގެ މި އެންގެވުމާއި އެކު، މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ޓްރެފިކް ފުލުހުން ހަރަކާތްތެރިވުން ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.

your imageއެކްސިޑެންތްގައި ކާރުން ޖެހި މީހާ ވިއްސައިގެން ދަނީ 

އެކްސިޑެންޓްތަކުގެ ހައްލަކީ ކޮބާ؟

އަޅުގަނޑުމެންގެ މި ކުޑަކުޑަ މީސްކޮޅު މަދު ރާއްޖެއަށް ބަލާލާއިރު، ނިސްބަތުން އެކްސިޑެންޓްތައް ހިނގާވަރު ގިނައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. ހުޅުމާލޭގެ އާބާދީ އެތައް އިންސައްތައަކުން މަތިވަމުން އަންނައިރު، އެތަނުގައި ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ އުޅޭ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެކަންކަން ބެލުމަށް އެކަށީގެންވާ އަދަދަކަށް ޓްރެފިކް ޕޮލިހުން ތިބެންޖެހެ އެވެ. ނަމަވެސް މިކަން އަދި ފުރިހަމަ ނުވެއޮތީތީ އާބާދީ ބޮޑު ހުޅުމާލޭގައި ޕެޓްރޯލް ކުރަނީ އެކަމަށް އެކަށީގެންވާ އަދަދުގެ ފުލުހުން ބޭނުން ކޮށްގެން ނޫނެވެ. މިއީ ހުދު އެބައިމީހުންވެސް ގަބޫލު ކުރާ ހަގީގަތެކެވެ. ނަމަވެސް މިފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅިގެން، ޒުވާނަކު ނިޔާވުމުން، އެކަމާއި ހިތާމަ ފައުޅުކުރައްވާ ރައީސްގެ އެންގެވުމުގެ މަތިން މިކަންކަން ހައްލުކުރުމަށް ފުލުހުން މިހާރު ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިފަދަ އެކްސިޑެންޓް ތަކުގެ ހައްލަކީ ކޮބައިތޯ ބަލާއިރު، ކޮންމެ މީހެއްގެ ވިސްނުމަށްވެސް އެންމެ ފުރަތަމަވެސް އަންނާނީ ބާރު ސްޕީޑުގައި ވެހިކަލްތައް ދުއްވުން މަދުކުރުން، ނުވަތަ ނުދުއްވުމެވެ. އަޅުގަނޑުގެ ނަޒަރުގައި މިފަދަ އެކްސިޑެންޓްތައް މަދުކުރުމަށް ފަރުދީ ފެންވަރުގައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ.

ހުޅުމާލެ އާއި މާލޭ ސަރަހައްދުގައި މިފަހުން ހިގާފައިވާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ 85 އިން ސައްތައަކީ ބާރަށް ދުއްވުމުގެ ސަބަބުން، ހިނގާފައިވާ އެކްސިޑެންޓް ތައްކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

your imageއެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް އެހީވަނީ

ބައެއް ޒުވާނުން ދެކޭގޮތުގައިވެސް ބާރު ސްޕީޑުގައި ދުއްވުމަކީ މާ މޮޅުކަމެއް ނޫނެވެ. މިހާރުގެ ބަހުންނަމަ، ކޫލް ކަމެއްވެސް ނޫނެވެ. އެމީހުންވެސް ދެކޭ ގޮތުގައި އެއީ ގޯސް ކަމެވެ.

ގާނޫންތަކާއި ގަވައިދުތައް ހެދިފައި ހުންނަނީ ތިމާވެސް ހިމެނޭގޮތައް އެންމެންގެ ވެސް ރައްކާތެރި ކަމަށް ޓަކައިކަން ގަބޫލުކުރަންޖެހެ އެވެ. މިފަދަ އެކްސިޑެންޓް ތައް މަދުކުރޜޭވޭނީ އެންމެންގެ ވެސް އެއްބާރުލުން ލިބިގެންނެވެ. ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ޒިންމާ އަދާކުރައްވަން ވީއެވެ. ތިމާއަކީ ހެދިފައި އޮންނަ ގާނޫނުތަކަށް ތަބައަވެ، އެއަށް ކަމޭހިތާ މީހަކަށް ވާން މަސައްކަތް ކުރަންވީއެވެ. އަމިއްލަ އާއިލާގެ މީހުންނާއި ރައްޓިހި، ރަހުމަތްތެރިންނަށް ވެސް، ދުރުތާ ދަންނަ މީހުންނަށް ވެސް ނަސޭހަތްތެރިވާށެވެ. ތިމާގެ އިހުމާލުން ހިނގާކަންކަމުގައި ސަރުކާރަށް ނުވަތަ އެހެންވެސް ފަރާތަކަށް ފާޑުކިޔުމުގެ ދަލުގައި ފަރުދީ ޒިންމާ ނަގާށެވެ.

އަހަރެމެން ކޮންމެ މީހަކީ ވަގުތު ނެތިގެން، މަގުތަކަށް ނުކުމެ، މުއްގަނޑު ފެލާލައި، ހުރިބާރެއް ދައްކާލާ މީހަކަށް ނުވަމާ ހިނގާށެވެ. އޮފީހުގެ ގަނޑިޖެހެން، ކުޑަތަން ވެގެން، ނުވަތަ ދާން ބޭނުންވާ ތަނަކަށް އަވަސްއަރުވާލައިގެން ދިއުމުގެ ބަދަލު ވަގުތު އޮއްވާ ސްޕީޑު މަޑުކޮށް ދުއްވާލާފަ އެ ދާންބޭނުންވާ ތަނަކަށް ދިއުން ކީއްތޯ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް