ރަންވީރް ބައްޕައަކަށް ވެއްޖެ: ދީޕިކާ އަންހެން ކުއްޖަކު ވިހައިފި
އައިޝަތު ނޫރާ
08 ސެޕްޓެމްބަރ 2024 - 19:30:53
ބޮލިވުޑްގެ މަޝްހޫރު ތަރިން ކަމުގައިވާ ރަންވީރް ސިންގް އަދި ދީޕިކާ ޕަދުކޯނެ މިއަދު މައިންބަފައިންނަށް ވެއްޖެއެވެ.
މިއަހަރުގެ ކުރީކޮޅު، މި ދެތަރިން އެމީހުންގެ ފުރަތަމަ ދަރިފުޅު ލިބޭނެކަން އިޢުލާނުކުރިއެވެ. އަދި މިއަދު، އެމީހުންނަށް އަންހެން ކުއްޖަކު ވަނީ ލިބިފައެވެ. މި ޚަބަރާއެކު، ފޭނުން ވަރަށް އުފާވެ، ސޯޝަލް މީޑިއާގައި މުބާރަކްބާދީގެ މެސެޖުތައް އަންނަނީ ފޮނުވަމުންނެވެ.
ރަންވީރް ސިންގް، ދީޕިކާދެކެވާ ލޯބީގެ ވާހަކަ މީޑިއާގައި އަބަދުވެސް ދައްކާ މީހެކެވެ. އޭނާ އެއްފަހަރު ބުނެފައިވަނީ، ދީޕިކާ ފަދަ އަންހެން ދަރިއަކު ލިބުމަކީ އޭނާގެ އުންމީދެއް ކަމަށެވެ. އޭނާގެ ކުއިޒް ޝޯ "ދަ ބިގް ޕިކްޗާ" ގައި، ރަންވީރް ބައްޕައަކަށް ވުމުގެ އުންމީދުތަކުގެ ވާހަކަ ދެއްކިއެވެ. އަދި ދީޕިކާގެ ކުޑައިރުގެ ފޮޓޯތައް ބެލުމަށް ލޯބިވާ ކަމަށާއި، އެފަދަ ލޯބި އަންހެން ދަރިއަކު ލިބިއްޖެނަމަ އޭނާގެ ދިރިއުޅުން ފުރިހަމަވާނެ ކަމަށް ބުނެފައިވެއެވެ.
ރަންވީރް އަދި ދީޕިކާ ކައިވެނިކުރީ 2018 ވަނަ އަހަރު އިޓަލީގެ ލޭކް ކޯމޯގައެވެ. އެމީހުންގެ ކައިވެނި އެއަހަރުގެ އެންމެ މަޝްހޫރު އިވެންޓްތަކުގެ ތެރެއިން އެކަކަށް ވިއެވެ. އަދި އެމީހުންގެ ލޯބި އަދި އެކަކު އަނެކަކަށް ކުރާ އިޙްތިރާމަށްޓަކައި ފޭނުން އަބަދުވެސް އެމީހުންނަށް ތަޢުރީފުކުރެއެވެ.
50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް